ޕީޕީ އެމް އިން ބެކަޕް ކެންޑިޑޭޓް އިއުލާން ކުރާނީ ކޮން އިރަކު؟

Spread the love
ރާއްޖޭގެ ދެވަނަ އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށް ވާ ޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް ޔާމީން އަށް ކުރިއަށް އޮތް ރިޔާސީ އިންތިޙާބުގައި ވާދަ ނުކުރެވޭ ހާލަތުގައި އެޕާޓީ އިން ބެކަޕް ކެންޑިޑޭޓް ނުނެރެނީ ކީއްވެތޯ ގިނަ ބަޔަކު ސުވާލު ކުރާން ފަށައިފިއެވެ.

އަިދ ދާދިފަހުން ޕީޕީއެމްގެ މި އަހަރުގެ ރިޔާސީ ޓިކެޓް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދީފައި ވަނިކޮށް، އެ މަނިކުފާނުގެ ކެންޑިޑެސީއާ ދެކޮޅަށް މަސައްކަތް ކުރި ކަމަށް ބުނެ، މާލެ ސިޓީ ކައުންސިލްގެ މެމްބަރު އާދަމް ރަމީޒްގެ މައްސަލަ އެ ޕާޓީގެ ސުލޫކީ ކޮމިޓީން ބަލައި ނުނިމެނީސް އޭނާ ޕީޕީއެމުން ވަކިވުން ވެސް މިއީ ވަރަށް ހައިރާން ކުރުވަނިވި ކަމެކެވެ.

ޕީޕީއެމްގެ އިން ވަކި ވަމުން ރައީސް ޔާމީނަށް ރަމީޒް ފޮނުއްވި ސިޓީގައި އޭނާ ވިދާޅުވީ، މި ވަގުތު ޕީޕީއެމްގެ ހަރަކާތްތަކުގައި އުޅުއްވެން ނެތުމުން ޕާޓީގެ ދަފްތަރުން ވަކި ކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އިތުރު ވާހަކައެއް އެ ސިޓީގައި ނެތެވެ.

ރަމީޒް، ޕީޕީއެމުން ވަކިވެއްޖެ ކަމަށް ރޭގައި ފެތުރުނު ޚަބަރުތަކާ ގުޅިގެން ނޫސް ތަކުން ސުވާލު ކުރުމުންވެސް މާބޮޑު ތަފްސީލީ ޖަވާބެއް ރަމީޒް  ނުދެއްވި އެވެ.

ސިޔާސީ މަސްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ދެކޭ ގޮތުގައި ބެކަޕް ކެންޑިޑޭޓެއް ޕީޕީއެމުން ދާދި އަވަހަށް އިއުލާން ކުރުމަކީ އެކަށީގެންވާ ކަމެކެވެ.

Leave a Reply

Your email address will not be published. Required fields are marked *