ޝައްވާލު މަހުގެ ފުރަތަމަ ހަފްތާ ރަސްމީ ގަޑި ނުވަޔަކުން އެކަކަށް


މީގެ ކުރިން ވެސް ހަމަޖެހިފައިވާ ގޮތަށް މި އަހަރުގެވެސް ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމުގައި ސަރުކާރުން ހަމަޖައްސަވައިފިއެވެ.
މިކަން އަންގަވާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވާފައިވާ 2022/4 ވަނަ ނަންބަރު ދެންނެވުމުގައެވެ.
އެހެންކަމުން ރަމަޟާންމަހުގެ ރަސްމީ ގަޑިއާއި ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑި މިގޮތަށް ހަމަޖެއްސެވުމާއެކު ސަރުކާރުގެ މަސައްކަތްތައް އެ ވަގުތުތަކަށް ފައްތައިގެން ރޭވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައި އަންގަވާފައި ވެއެވެ.
