ގޯތި ލިބުނު ކަމުގެ ލިޔުމާއި ރަޖިސްޓަރީ ހަވާލުކުރަން ފަށައިފި

Spread the love

މާލެ ސަރަހައްދުން ބަންޑާރަގޯތި ދޫކުރުމަށްޓަކައި ކުރިއަށް ގެންދާ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ގޯތި ލިބޭ ފަރާތްތަކާ ގޯތި ލިބުނު ކަމުގެ ލިޔުމާއި ގޯތީގެ ރަޖިސްޓަރީ ހަވާލުކުރަން ފަށައިފި އެެވެ. މިއަދު ހަވާލުކުރީ 30 ގޯއްޗެވެ

ގޯތި ލިބުނު މީހުންނަށް ގޯތި ލިޔުން ހަވާލުކުރުމާއި އެއްބަސްވުމުގައި ސޮއިކުރުން މިއަދު ކުރިއަށް ގެންދިޔައީ ހުޅުމާލެ ސިންތެޓިކް ޓްރެކް ގައެވެ. ގޯތީގެ ރަޖިސްޓްރީ ހަވާލުކުރީ ހުޅުމާލެއިން ގޯތި ލިބޭ މީހުންނަށް ގޯތި ލިބޭ ތަނަށް ގެންގޮސް އެ މީހުންގެ ގޯތި ކަނޑާދީފަ އެވެ. ގޯތި ލިބިފައިވާ މީހުން ގޯއްޗާ ހަވާލުވުމަށް ހާޒިރުވާންވީ ތަނާއި ގަޑި ޕްލޭނިން މިނިސްޓްރީގެ ގެންދަނީ ގެދޮރުވެރިން ޕޯޓަލް ތެރެއިން އަންގަމުންނެވެ. މިނިސްޓްރީން ބުނީ ގޯތި ލިބޭ މީހުން ގޯއްޗާ ހަވާލުވުމަށާއި ގޯތި ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ “ގެދޮރުވެރިން ޕޯޓަލް”ގައި އެޓޭޗްކޮށްފައިވާ ޕަވަ އޮފް އެޓާނީ ފުރިހަމަކުރުމަށްފަހު ނޮޓޮރައިޒްކޮށް ގޯއްޗާ ހަވާލުވުމަށާއި ގޯތި ހަވާލުވުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފޮނުވާ ފަރާތާއި ހަވާލުކުރަން ވާނެ ކަމަށެވެ.

ބަދަލުގައި ސޮއި ކުރަންދާ މީހާ އަކީ ގޯތި ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް އައްޔަންކޮށްފައިވާ މީހެއް ކަބް އެނގޭ ޕަވާ އޮފް އެޓާނީގެ އަސްލާއި، އައިޑީކާޑުގެ ކޮޕީ ގެންދަން ޖެހޭނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ. ގޯތި ހަވާލުކުރުމުގެ އެއްބަސްވުމުގެ ނަމޫނާ އާއި ޕަވަ އޮފް އެޓާނީ “ގެދޮރުވެރިން ޕޯޓަލް” އިން ފެންނަ ގޮތް ވަނީ ހަދާފަ އެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކުރިއަށް ގެންދާ “ބިންވެރިޔާ” ސްކީމުގެ ދަށުން ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލުމުން ޝަރުތު ހަމަވި 19،639 މީހުންނަށް ޖުމްލަ 9،003 ގޯތި ދޫކުރުމަށް ވަނީ ނިންމާފަ އެވެ. މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ނިންމާފައިވަނީ ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅު ހިއްކައިގެންނެވެ. ސަރުކާރުން ނިންމާފައިވަނީ މިބުރުގައި ހުޅުމާލެ އިން 1،351 ގޯއްޗާއި، ގުޅިފަޅުން 2،219 ގޯއްޗާއި، ގިރާވަރުފަޅުން 5,433 ގޯތި ދިނުމަށެވެ. ގޯތި ދޫކުރުމަށް ހުޅުމާލެއިން 26 ހެކްޓަރު, ގުޅީފަޅުން 42 ހެކްޓަރު އަދި ގިރާވަރުފަޅުން 73 ހެކްޓަރު ސަރުކާރުން ވަނީ ހަމަޖައްސާފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

Social Media Auto Publish Powered By : XYZScripts.com