މާލޭގެ ސެލޫނެއްގައި ފިރިހެނަކު އަންހެނެއްގެ ހެދުން އަޅައިގެން، އަންހެނަކަށް ޚިދުމަތްދިން މައްސަލައެއް ފެންމަތިވެއްޖެއެވެ. އެކަން ދިމާވި ފަރާތުން ވަނީ މީސްމީޑިއާގައި އޭނާގެ ތަޖުރިބާ ހިއްސާކޮށްފައެވެ. އެކަން ދިމާވި ފަރާތުން ކިޔާދީފައިވާ ގޮތުގައި އެޕޮއިންޓްމަންޓު ހެއްދިއިރުވެސް ދެފަހަރެއްގެ މަތިން އޭނާ ވަނީ ޚިދުމަތް ހޯދަން ބޭނުންވަނީ އަންހެން މުވައްޒަފެއް މެދުވެރިކޮށްކަމަށް ބުނެފައެވެ. އެހެންނަމަވެސް ކަނޑައެޅިފައިވާ “ވެކްސިންގ އެޕޮއިންޓްމަންޓަށް” އޯގަސްޓު މަހުގެ 14 ވަނަ ދުވަހު އޭނާ ސެލޫނަށް ދިއުމުން، އޭނާއަށް ޚިދުމަތް ދީފައިވަނީ އަންހެން ހެދުން އަޅައިގެން ހުރި ފިރިހެނެއްކަމަށް ފަހުން ވަނީ އެނގިފައެވެ. އެ ކަންބޮޑުވުން ސެލޫނާ ހިއްސާ ކުރުމުން، މިހާތަނަށްވެސް އެކަށީގެންވާ އެއްބާރުލުން އެކަމުގައި ލިބިފައިނުވާކަމަށް އޭނާ ބުނެއެވެ. އެގޮތުން ގެއްލުމުގެ ބަދަލު ހޯދުމަށް ކުރި މަސައްކަތްވެސް ނާކާމިޔާބުވެފައިވާކަން އޭނާ ވަނީ ފާހަގަކޮށްފައެވެ. މި މައްސަލަ މިހާރު ފުލުހުންގެ ސަމާލުކަމަށްވެސް ވަނީ އައިސްފައެވެ. އަދި ގިނަ ބަޔަކު ދަނީ މި މައްސަލަ ތަހުގީގުކޮށް، ޚިދުމަތް ހޯދާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ގޮވާލަމުންނެވެ. މިކަމާ ގުޅިގެން ރާއްޖެއެމްވީން ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މި މައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަމުންދާކަމަށެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *