ލ އަތޮޅު ހިތަދޫ އާއި ކުނަހަންދޫ ފަޅުތެރޭގައި އެއާޕޯޓެއް ތަރައްގީ ކޮށްދޭނެ ކަމަށް ރައީސް ވިދާޅުވެއްޖެއެވެ

Spread the love

   ލ އަތޮޅު ހިތަދޫ އާއި ކުނަހަންދޫ ފަޅުތެރޭގައި އެއާޕޯޓެއް ތަރައްގީ ކޮށްދޭނެ ކަމަށް ރައީސް އިބުރާހީމު މުުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ. ރައީސް މިގޮތަށް ވިދާޅުވީ ލ ހިތަދޫގައި ބޭއްވި ކެމްޕޭމް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.  “ލ އަތޮޅު މިބިތުގެ ރަށްތައް، ކުނަހަންދޫވެސް، ހިތަދޫވެސް، އަދި މާވަށްވެސް އަދި އެހެން ރަށަކުންވެސް އެންމެ ބޭނުންވާ ކަމަކީ، ވައިގެމަގުން މިހިސާބަށް ދަތުރުކުރެވޭނެ ފަސޭހަގޮތެއް ހަދައިދިނުން. އެކަމަށް އެދި މިސަރަހައްދުގެ އިސްވެރިން އަޅުގަނޑަށް ހުށަހެޅި. އެކަމަށް ވިސްނާނެކަމަށް ދެންނެވިން. މިއަދު މިވަނީ އެއަށް ގޮތެއް ނިންމާފަ. އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތް ދައުރުގެ ތެރޭގައި މި ހިތަދޫއާ ކުނަހަންދޫ ފަޅުތެރޭ އެއާޕޯޓެއް އަޅައިދޭނަން” ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ ރާއްޖޭގެ ރަށްތައް ތަރައްގީ ކުރުމުގައި އެއްފަޅެއްގެ ތެރޭގައި ހިމެނޭ ރަށްތައް ކޯޒްވޭއަކުން ގުޅާލުމަކީ ސަރުކާރުގެ ޕްލޭނެއް ކަމަށެވެ. އެގޮތުން ހިތަދޫއާ ކުނަހަންދޫ ކޯޒްވޭއަކުން ގުޅާލުމަަށް 2018 ގައި ވައުދުވެވަޑައިގެންނެވި ކަމަށާއި އެ މަސައްކަތް ތަފާތު ސަބަބުތަކާ ހެދި ލަސްވެފައިވާ ކަމަށެވެ. ނަމަވެސް މިހާރު އެ މަސައްކަތް ކޮންޓްރެކްޓް ކުރެވި އެމްޓީސީސީއާ ހަވާލުކުރެވިފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އަދި އެމްޓީސީސީން ހިތަދޫ – ކުނަހަންދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތް ކުރިއަށް ގެންގޮސް ނިންމައިދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމުގައި ވެސް ހިތަދޫގެ ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވިއެވެ.  ހިތަދޫގެ ވައުދުތައް؛ 1. ހިތަދޫއާ ކުނަހަންދޫ ފަޅުތެރޭ އެއާޕޯޓެއް ތަރައްގީކުރުން 2. ފުޓްބޯޅަ ދަނޑުގައި ޓާފުއެޅުން 3. ޒަމާނީ ފެންވަރުގެ ވޮލީކޯޓެއް ތަރައްގީކުރުން 4. ބޮޑެތި މަގުތަކުގައި ތާރުއަޅައި ތަރައްގީކުރުން 5. ސިއްހީ މަރުކަޒުގެ ފެންވަރު ރަނގަޅުކޮށް އިތުރު ވަސީލަތްތައް ގާއިމުކުރުން

“ލ އަތޮޅު މިބިތުގެ ރަށްތައް، ކުނަހަންދޫވެސް، ހިތަދޫވެސް، އަދި މާވަށްވެސް އަދި އެހެން ރަށަކުންވެސް އެންމެ ބޭނުންވާ ކަމަކީ، ވައިގެމަގުން މިހިސާބަށް ދަތުރުކުރެވޭނެ ފަސޭހަގޮތެއް ހަދައިދިނުން. އެކަމަށް އެދި މިސަރަހައްދުގެ އިސްވެރިން އަޅުގަނޑަށް ހުށަހެޅި. އެކަމަށް ވިސްނާނެކަމަށް ދެންނެވިން. މިއަދު މިވަނީ އެއަށް ގޮތެއް ނިންމާފަ. އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތް ދައުރުގެ ތެރޭގައި މި ހިތަދޫއާ ކުނަހަންދޫ ފަޅުތެރޭ އެއާޕޯޓެއް އަޅައިދޭނަން” ރައީސް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Social Media Auto Publish Powered By : XYZScripts.com