ތުޅާދޫގައި އެއާޕޯޓް އެޅުމަށް ބިން ހިއްކަން ފަށައިފި


ބ. ތުޅާދޫގައި އެޅުމަށް, ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަޢުދުވެވަޑައިގެންފައިވާ އެއާޕޯޓް އެޅުމަށްޓަކައި އެރަށު ބިން ހިއްކަން ފަށައިފިއެވެ.
މި މަޝްރޫޢުގެދަށުން އެރަށު ފަޅުން 40 ހެކްޓަރަށްވުރެ ބޮޑު ބިމެއް ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މިމަސައްކަތް ޢަމަލީގޮތުން ފެށީ މިއަދުއެވެ. ތުޅާދޫ އެއާޕޯޓް އެޅުމަށްޓަކައި ބިންހިއްކުމުގެ މަސައްކަތް ސަރުކާރުން ހަވާލު ކޮށްފައިވަނީ ކޮންޓްރެކްޓަރ ކެޕިޓަލް މެރިން އެންޑް ޝިވިލް ކޮންސްޓްރަކްޝަނާއެވެ.
ބ. ތުޅާދޫ އެއާޕޯޓު އެޅުމަށް ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަންއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން ތުޅާދޫ އެއާޕޯޓަށް ބޭނުންވާ 44.70 ހެކްޓަރުގެ ބިން ހިއްކާނެއެވެ. މި މަޝްރޫއުގެ ދަށުން ހިއްކާ ބިމުން ތުޅާދޫ އެއާޕޯޓަށް ޚާއްސަކުރަނީ 44.70 ހެކްޓަރ ބިމެވެ. ތުޅާދުއަކީ އެއަރޕޯޓެއް ނެތުމުގެ ސަބަބުން ދަތުރުފަރުގެ ދަތިކަން ވަރަށްބޮޑަށް ކުރިމަތިވެފައި އޮތް ރަށެކެވެ. މިކަމާ ގުޅިގެން އެރަށުގެ ރައްޔިތުން ޝަކުވާކުރަމުން އަންނަތާ ދުވަސްތަކެއް ވެއްޖެއެވެ.
