މިނިމަމް ވޭޖާއި އެކު 11،828 ސިވިލް ސާވަންޓުންގެ މުސާރައަށް ބަދަލު އަންނާނެ

Spread the love

އަންނަ މަހުން ފެށިގެން އަމަލު ކުރަން ފަށާ މިނިމަމް ވޭޖާއި އެކު 11،828 ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައަށް ބަދަލު އަންނާނެ ކަމަށް ޕޭ ކޮމިޝަނުން ބުނެފި އެވެ.

މިއަދު އެ ކޮމިޝަނުން ފިނޭންސް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ފައިޒަލް ވިދާޅުވީ މިނިމަމް ވޭޖުގެ ގޮތުގައި ސިވިލް ސާވިސްގެ މުވައްޒަފުންގެ އަސާސީ މުސާރައަށް ބަދަލެއް ނުގެނެސް، މިނިމަމް ވޭޖް ހަމަޖައްސާނީ ފިކްސްޑް އެލަވަންސެން ދީގެން ކަމަށެވެ.

ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން މިނިމަމް ވޭޖް އެލަންވަސްގެ ގޮތުގައި އިތުރުވާނީ އެ މީހެއްގެ އަސާސީ މުސާރައަށް ފިކްސްޑް އެލަވަންސްތަކާ އެކު 7،000 ރުފިޔާ ހަމަނުވާ މީހުންނަށް ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އޭގެ ތެރޭގައި ހިމެނޭނީ ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން ސަޕޯޓް ސާވިސް ރޭންކުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ޖެނެރަލް ސާވިސް ރޭންކުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނެވެ.

މީގެ ތެރެއިން 50 ޕަސެންޓް މުވައްޒަފުންނަށް 1،500 ރުފިޔާގެ އިތުރުވުމެއް ލިބޭނެ އެވެ. 35 ޕަސެންޓު މުވައްޒަފުންނަށް 1،000 ރުފިޔާގެ އިތުރުވުމެއް،11 ޕަސެންޓު މުވައްޒަފުންނަށް 500ރުފިޔާގެ އިތުރުވުމެއް އަންނާނެ އެވެ. އަދި ހަތަރު ޕަސެންޓު ސިވިލް ސާވަންޓުންނަށް 500 ރުފިޔާ އިތުރުވާނެ އެވެ.

ސިވިލް ސާވިސް ކޮމިޝަނުން ބުނީ އަންނަ މަހުގެ 15 ގެ ކުރިން މިނިމަމް ވޭޖް އެލަވަންސް ލިބޭ މުވައްޒަފުންނަށް އެކަން އެމުވައްޒަފަކު މަސައްކަތް ކުރާ އޮފީހަކުން އަންގަމުންދާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

Social Media Auto Publish Powered By : XYZScripts.com