އެފްއޭއެމަށް މިފަހަރު ދަރަނި ދައްކަން ދިނީ 10 ދުވަހުގެ މުއްދަތެއް

Spread the love

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނަގާފައިވާ ލޯނަކަށް ފައިސާ ނުދައްކައިގެން، ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި 2 ލައްކަ ޑޮލަރު ދައްކަން ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

ހުކުމުގައި ބުނެފައިވާ ގޮތުން، އެލް އަށް ދޭންޖެހޭ ދެ ލައްކަ ޑޮލަރުގެ ތެރެއިން މިހާތަނަށް އެއްވެސް މިންވަރެއް އެފްއޭއެމުން ދައްކާފައެއް ވެސް ނުވެ އެވެ. ފައިސާ ނުދެއްކުމުން އެލް އަށް ވެފައިވާ ގެއްލުމުގެ ބަދަލު ހޯދަން ވަކި ދައުވާއެއް ވެސް ވަނީ އެލް އިން ކޮށްފަ އެވެ.

އެފްއޭއެމުން ވަނީ އެއީ އެ އެސޯސިއޭޝަނުން އެލް މޯލްޑިވްސް އަށް ދައްކަންޖެހޭ ފައިސާ ކަމަށް ޝަރީއަތުގައި އެއްބަސްވެފަ އެވެ. އަދި އެއް އަހަރުތެރޭ އެ ފައިސާ ބަހާލައިގެން ދެއްކޭނެ ގޮތަކަށް ހަދައިދިނުމަށް ޝަރީއަތުގައި އެ އެސޯސިއޭޝަނުން އެދުނެވެ. އެކަމަކު މައްސަލަ ބެއްލެވި ގާޒީ ޒުލައިހާ ޝީޒާ ވަނީ އެ މުއްދަތު އެފްއޭއެމްއަށް ނުދޭން ނިންމާ 10 ދުވަސް ތެރޭގައި 2 ލައްކަ ޑޮލަރާއެކު ޝަރީއަތުގެ ޙަރަދަށް ހިނގި 5000ރ ދައްކަން ހުކުމް ކޮށްފައެވެ.

ސިވިލް ކޯޓުން އިއްޔެ އެފްއޭއެމްގެ މައްޗަށް ހުކުމް ކުރީ 2020 ވަނަ އަހަރު އެ އިދާރައިން އެލް މޯބައިލްގެ މައި ކުންފުނި، އެލް ޕްރައިވެޓް ލިމިޓެޑުގެ އަތުން ނަގާފައިވާ 3،084،000ރ ގެ މައްސަލައިގައެވެ. އެފްއޭއެމުން އެ ލޯނު އެލް އަތުން ނަގާފައިވަނީ ޑޮލަރުން އަނބުރާ އެ ލޯނު ދެއްކުމަށް އެއްބަސްވެގެންނެވެ. އެހެން ކަމުން ކޯޓުން އިއްޔެ ހުކުމް ކުރީ އެ ލޯނަށްވާ 2 ލައްކަ ޑޮލަރު އެފްއޭއެމުން ކުރިއަށް އޮތް 10 ދުވަސް ތެރޭގައި ދެއްކުމަށެވެ.

އެލްއަތުން އެފްއޭއެމް ނަގާފައިވާ ލޯނު ނުދައްކާ އޮތް އިރު، 2021 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕުގައި ޓީމުތަކުގެ އެކޮމޮޑޭޝަންގެ ޙަރަދުތަކަށްވާ ގިނަ އަދަދެއްގެ ފައިސާ ވެސް ނުދެއްކި އޮތްކަން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ މިދިޔަ ޖުލައި މަހު ހާމަކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Social Media Auto Publish Powered By : XYZScripts.com