ކާޑެއްދޫ އެއާޕޯޓް އަލުން އަނބުރާ ސަރުކާރަށް ނަގާނަން: ނާޒިމް

Spread the love

ކާޑެއްދޫ އެއާޕޯޓް އަލުން އަނބުރާ ސަރުކާރަށް ނަގާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ، ގދ. ތިނަދުއަށް ވަޑައިގެން އެ ރަށުގައި ރޭ ބޭއްވި ޖަލްސާގައެވެ.

ނާޒިމް ވިދާޅުވީ ކާޑެއްދޫ އެއާޕޯޓުގެ ހިދުމަތްތަކުގެ ފެންވަރު ވަރަށް ދެރަ ކަމަށާއި އެ އެއާޕޯޓުން ލަގެޖު އުފުލާނެ ޓްރޯލީއެއް އަދި ވަންނާނެ ފާހާނާއެއްވެސް ނެތް ކަމަށެވެ.

ކާޑެއްދޫ އެއާޕޯޓަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލި ދާއިރާގެ މަޖިލިސް މެމްބަރު ގާސިމް އިބްރާހީމްގެ ވިލާ އެއާ ކުންފުންޏަށް 50 އަހަރަށް ދީފައިވާ އެއާޕޯޓެކެވެ. ނަމަވެސް 2017 ވަނަ އަހަރު އެ މިނިސްޓްރީން ވަނީ އެއްބަސްވުމާ އެއްގޮތަށް ކާޑެއްދޫ އެއާޕޯޓް ވިލާ އެއާއަށް ތަރައްގީ ނުކުރެވޭތީ އެއްބަސްވުން ބާތިލުކޮށްފައެވެ.

ސުޕްރީމް ކޯޓުން 2021 ވަނަ އަހަރު، އެ އެއްބަސްވުން ބާތިލުކޮށްފައި ވަނީ ގާނޫނާހިލާފަށް ކަމަށް ނިންމައި، ވިލާއެއާށް ގެއްލުމުގެ ބަދަލު ދައުލަތުން ދޭން ޖެހޭނެ ކަމަށް ކުރި ހުކުމާ އެއްގޮތަށް އަމަލުކޮށް، ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކާޑެއްދޫ އެއާޕޯޓް، ވިލާ އެއާ ހަވާލުކޮށް، ގެއްލުމުގެ ބަދަލު ދީފައެވެ.

Leave a Reply

Your email address will not be published. Required fields are marked *