240 މިލިއަން އަށް އެމްޓީސީސީ އަށް 5 މަޝްރޫއު ހަވާލުކޮށްފި

Spread the love

ހަތަރު ރަށެއްގެ ބަނދަރުގެ މަސައްކަތް ހިމެނޭ ގޮތަށް، ފަސް ރަށެއްގައި ތަރައްގީގެ މަޝްރޫއުތައް ހިންގަން، ޖުމްލަ 240 މިލިއަން ރުފިޔާއަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

އެމްޓީސީސީއާ މިއަދު ހަވާލުކުރި މަޝްރޫއުތަކަކީ:

ހއ. މާރަންދޫ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު – 43.98 މިލިއަން ރުފިޔާއަށް، 480 ދުވަސް ނުވަތަ އެއް އަހަރާއި ތިން މަސްދުވަހުގެ ތެރޭގައި ނިންމުމަށް

ހއ. ތަކަންދޫ ބަނދަރު ހެދުމުގެ މަޝްރޫއު – 46.59 މިލިއަން ރުފިޔާއަށް، 420 ދުވަސް ނުވަތަ އެއް އަހަރާއި ދޮޅު މަސްދުވަހުގެ ތެރޭގައި ނިންމުމަށް

ނ. ފޮއްދޫ ބަނދަރު ހެދުމުގެ މަޝްރޫއު – 53.75 މިލިއަން ރުފިޔާއަށް، 390 ދުވަސް ނުވަތަ އެއް އަހަރާއި މަސްދުވަހުގެ ތެރޭގައި ނިންމުމަށް

އއ. ރަސްދޫ މަޑިވަރު ފިނޮޅު އިއާދަކޮށް ތަރައްގީކުރުމުގެ މަޝްރޫއު – 27.6 މިލިއަން ރުފިޔާއަށް، 250 ދުވަސް ނުވަތަ ހަތް މަސްދުވަހުގެ ތެރޭގައި ނިންމުމަށް

ގއ. ގެމަނަފުށީ ބަނދަރު ހެދުމުގެ މަޝްރޫއު – 70.17 މިލިއަން ރުފިޔާއަށް 570 ދުވަސް ނުވަތަ އެއް އަހަރާއި ބައިގެ ތެރޭގައި ނިންމުމަށް

މި ހުރިހާ މަޝްރޫއުއެއްގެ ޖުމްލަ އަގު 242.09 މިލިއަން ރުފިޔާއަށް އަރަ އެވެ.

 ރިޔާސީ އިންތިހާބަށް ކުޑަ ދުވަސްކޮޅަކަށް ވެފައި ވާއިރު، ސަރުކާރުން ގިނަ އަދަދެއްގެ މަޝްރޫއުތައް ކުންފުނިތަކާ ހަވާލުކުރާތީ ގިނަ ރައްޔިތުން އަންނަނީ މިއީ ވޯޓަށް ނުފޫޒު ފޯރުވަން ސަރުކާރުން ކުރާ ކަމެއް ކަމަށް ތުހުމަތު ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

Social Media Auto Publish Powered By : XYZScripts.com