ސިނަމާލެ ބުރިޖު ކަނު އަނދިރީގައި އޮންނަތާ ހަފުތާއެއް ވެއްޖެއެވެ.

ބުރިޖުގެ މެދާ ހިސާބުން ފެށިގެން ހުޅުމާލެއާ ވީކޮޅުގެ ލައިޓްތައް ނުދިއްލޭތާ، ހަފުތާއަކަށްވުރެ ގިނަ ދުވަސް ވާން ދާއިރު އެ ލައިޓްތައް ދިއްލިފައި ނުވާތީ، ބުރިޖު ކަނު އަނދިރީގައި އޮތުމުން، ބުރިޖު ބޭނުން ކުރާ ފަރާތްތަކަށް ނުރައްކާތެރިކަން ވަނީ ވެރިވެފައެވެ. ބުރިޖު މަރާމާތުކޮށް، ބުރިޖުގެ ކަންކަން ބަލަހައްޓަން ހަވާލުވެފައިވާ ވުޒާރާއިން މިކަމަށް ސަމާލުކަން ނުދޭކަން ވަރަށް ބޮޑަށް ފާހަގަ ކުރެވިގެންދެެއެވެ.

ބުރިޖު އަނދިރީގައި އޮތް އިރު، ހައިވޭގެ ލައިޓްތައްވެސް ވަަރަށް ގިނަ ފަހަރު ނުދިއްލި ހުންނަކަން ފާހަގަކުރެވެއެވެ.

ބާރު ދުވެލީގައި ދުއްވަމުންދާއިރު، ބުރިޖު އަނދިރިކޮށް އޮތުމަކީ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުމަށް މެދުވެރިވެދާނެ ސަބަބެކެވެ.

އެހެންކަމުން، ދުއްވާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރި ކަމަށް ފުލުހުން އަބަދުމެ އިރުޝާދު ދެއްވަމުންގެންދާއިރު، މިކަމަށް އަވަސް ޙައްލެއް އަންނަންޖެހެއެވެ.

“ސިނަމާލެ ބުރިޖަކީ” ކަނޑު ހުރަސްކޮށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށާއި، އާބާދީ އެއްފަސްކޮށް ތަރައްޤީ ކުރަމުންދާ ހުޅުމާލެއަށް ކުރާ ދަތުރުތައް އެއްގަމުމަގުން ކުރެވޭނޭ ފުރުޞަތު ފަހިކޮށްދީ، ފަސޭހަކަމާއި ރައްކާތެރިކަމާއިއެކު އަވަހަށް ދަތުރުފަތުރުކުރެވޭނޭ ނިޒާމެއް ޤާއިމުކޮށްދިނުމަށް ރައީސް ޔާމީންގެ ސަރުކާރުން ހިންގަވާފައިވާ މަޝްރޫޢެކެވެ.

ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ރަޙުމަތްތެރިކަމުގެ ރަމްޒެއްގެ ގޮތުގައި ދެ ޤައުމުން ގުޅިގެން ތަރައްޤީކޮއްފައިވާ މި ބުރިޖުގެ ދިގުމިނުގައި 2 ކިލޯ މީޓަރު ހުރެއެވެ. އަދި، ފުޅާމިނުގައި 20.3 މީޓަރު ހުރެއެވެ. ކަނޑުދަތުރުކުރާ އުޅަނދުފަހަރުގެ ތެރެއިން އުސްމިނުގައި 12 މީޓަރު ހުންނަ އުޅަނދުފަހަރަށް ބުރިޖުގެ ދަށުން ދަތުރުކުރެވޭނެއެވެ.

“ސިނަމާލެ ބުރިޖު” މިރޭ ހުޅުއްވައިދެއްވައިފައިވަނީ، 31 އޮގަސްޓް 2018 ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ޗައިނާ ސަރުކާރުގެ މަންދޫބު އަދި ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އޭޖެންސީގެ ޗެއަރމަން ހިޒް އެކްސެލެންސީ ވަންގ ޝިއާއޮތައޮ އެވެ. ސިނަމާލެ ބުރިޖު ހުޅުއްވައިދެއްވީ އެކަމަށްޓަކައި، އާޓިފިޝަލް ބީޗް ސަރަޙައްދުގައި ކުރިއަށްދިޔަ ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *