އިންތިހާބާ ދިމާކޮށް ގިނަ ކުއްވެރިންތަކެއް ދޫކޮށްލަނިީ


ކުރިޔަށް އޮތް ރިޔާސީ އިންތިހާބާއި ދިމާކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް މިއަދު ޖަލުން މިނިވަންކުރާ 32 މީހެއްގެ ލިސްޓް މީސްމީޑިއާގައި އާންމުވެއްޖެއެވެ.
މިއަދު މީސްމީޑިއާގައި ދައުރުވަމުން އަންނަ ލިސްޓްގައި ބޮޑެތި ކުއްތަކަށް އަރައިގަނެގެން ހުކުމް ތަންފީޒް ކުރަމުންއަންނަ ކުއްވެރިންވެސް ހިމެނެއެވެ. އެގޮތުން ލިސްޓުގައި ހިމެނޭ މީހުންގެ ތެރޭގައި މަސްތުވާތަކެތީގެ ބޮޑެތި ޑީލަރުންނާއި މީހުން މަރާ ކުއްސާބިތުވެފައިތިބި ޤާތިލުންގެ އިތުރުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުއް ސާބިތުވެ ހުކުމް ތަންފީޒް ކުރަމުންދާ ކުއްވެރިންވެސް ހިމެނެއެވެ.

މިނިވަން އިންސާފުވެރި ތާހިރު ވެރިކަމެއް ކުރައްވާނެކަމަށް ވައުދުވެ، ވެރިކަމަށް އައި އެމްޑީޕީ ސަރުކާރުން ވެރިކަމަށް އައި ހިސާބުން 2022 ވަނަ އަހަރުގެ ނިޔަލަށް 600 އަށް ވުރެ ގިނަ ކުއްވެރިން އެކިއެކި އިންތިހާބުތަކާއި ދިމާކޮށްވަނި މިނިވަން ކޮށްފައެވެ.
