ވެގާ ޕޮއިންޓް ފިހާރައި ގައި ރޯވެ އަނދާ ހުލިވެއްޖެ

Spread the love

މާލޭގެ ފިހާރައެއްގައި ރޭ ފަތިހު ރޯވެ އެއްކޮށް އަނދައި ހުލިވެއްޖެ އެވެ.

ފަތިހު 4:30 ހާއިރު ހިނގި އަލިފާނުގެ ހާދިސާގައި ރޯވީ ގަލޮޅު އޮޓޯ ގަރާޖު ސަރަހައްދުން ރަތްވިލާ ގޯޅީގައި ހުންނަ ވެގާ ޕޮއިންޓްގަ އެވެ.

ފުޅާ ދާއިރާއެއްގައި ރީޓެއިލް ވިޔަފާރި ހިންގާ ވެގާ ޕޮއިންޓް ވަނީ މި އަލިފާނުގެ ހާދިސާގައި އެއްކޮށް އަނދައި އަޅިއަށް ވެފަ އެވެ.

ވެގާ ޕޮއިންޓް ފިހާރައިގައި ރޭ ފަތިހު ރޯވެފައި.

ސިފައިން ބުނީ އެއްވެސް މީހަކަށް އަނިޔާއެއް ވި ކަމުގެ ލިބިފައި ނެތް ކަމަށާއި އަލިފާނުގެ ރިޕޯޓް ލިބުނީ ފަތިހު 4:37 ހާއިރު ކަމަށެވެ.

“މިހާރު އަލިފާން ވަނީ ކޮންޓްރޯލް ކުރެވިފައި. ނަމަވެސް އެއްކޮށް އަދި ނިއްވައެއް ނުލެވޭ،” އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ވެގާ ޕޮއިންޓަކީ ވަރަށް ކުރިއްސުރެ މާލޭގައި ހިންގާ، ވަރަށް ގިނަ މުދާތައް ހުންނަ މަޝްހޫރު ތަނެކެވެ.

މާލޭގައި ބޮޑެތި އަލިފާނުގެ ހާދިސާތައް ދޭތެރެ ދޭތެރެއިން ހިނގާއިރު މީގެ 3 އަހަރެއްހާ ދުވަސް ކުރިން ސަރުކާރުން ފެއްޓި މާލޭގެ ފަޔާ ހައިޑްރަންޓް ހޮޅިލައިންގެ މަސައްކަތް މިހާރު ވަނީ މަޑުޖެހިފައެވެ. އަލިފާނުގެ ހާދިސާތައް ކޮންޓްރޯލް ކުރަން އެންމެ އުނދަގޫވާ މައްސަލައަކީ މާލޭގެ ގޯޅިތައް ހަނި ވުމާ މަގު ގެ ދެފަރާތުގަ ޕާކް ކޮށްފަ ހުރުމުގެ ސަބަބުން އަލިފާން ނިއްވާ ލޮރިޔަށް ކައިރި ނުވެވުމުގެ ސަބަބުންނެވެ. އަލިފާންނިއްވާ ހައިޑްރަންޓް ސިސްޓަމް މަސައްކަތް ކުރާނަމަ އަލިފާން ނިއްވާ ލޮރި ނުވަދެވޭ މަގުތަކަށް ވެސް ފަޔާ ފައިޓަރުންނަށް ހޮޅި އަޅާ އަވަހަށް ނިއްވާ ލުމުގެ ފުރުސަތު ލިބޭނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Social Media Auto Publish Powered By : XYZScripts.com