( https://adducity.gov.mv/iulaan/2337)އައްޑޫން ގޯތި ލިބުނު މީހުންގެ ދާއިމީ ލިސްޓް މިއަދު އާންމުކޮށްފި އެވެ.

މި އަހަރުގެ ކުރީކޮޅު އައްޑޫން 1،000 ގޯތި ދޫކުރަން އިއުލާންކުރި އެވެ. އެއީ ހިތަދޫން 500 ގޯއްޗާއި ފޭދޫން 300 ގޯއްޗާއި ހުޅުދު އާއި މީދޫން ކޮންމެ އަވަށަކުން 100 ގޯއްޗެވެ. ހިތަދު އާއި ފޭދޫން ދޫކުރަން ނިންމީ 1،500 އަކަފޫޓްގެ ގޯއްޗެވެ. އަދި ހުޅުމީދޫން ދޫކުރަން ނިންމީ 2،000 އަކަފޫޓްގެ ގޯއްޗެވެ.

ގިނަ އަހަރުތަކެއް ފަހުން އައްޑޫން ގޯއްޗަށް ހުޅުވައިލުމުން 4،000 އަށް ވުރެ ގިނަ މީހުން ގޯއްޗަށް އެދި ފޯމް ހުށަހެޅި އެވެ. ގޯތި ލިބުނު މހުންގެ ދާއިމީ ލިސްޓް އާންމުކޮޑް ކައުންސިލުން މިއަދު ބުނީ އަމާޒަކީ އަންނަ އަހަރުގެ ޖޫންގެ ނިޔަލަށް މިހާރު ޢާންމުކުރި ލިސްޓުގައި ހިމެނޭ ހުރިހާ ފަރާތްތަކަށް ގޯތި ދޫކޮށް ނިންމުން ކަމަށެވެ.

ކައުންސިލުން ބުނީ މިހާރު މަސައްކަތްކުރަމުން އަންނަނމީ ފުރަތަމަ މަރުޙަލާގައި ދޫކުރުމަށް ހަމަޖެހިފައިވާ 1،000 ގޯތި ދޫކުރުމަށްޓަކައި ފުރިހަމަކުރަންޖެހޭ އިދާރީ މަސައްކަތްތައް އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ފުރިހަމަކޮށް ޑިސެމްބަރު މަސް ނިމުމުގެކުރިން ގޯތިތައް ލިބެންޖެހޭ ފަރާތްތަކަށް ޙަވާލުކޮށް ނިންމުމަށް ކަމަށެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *