ވޯޓް ގަންނަން ވަގުނޫޓް ބަހަނީ: އިދިކޮޅު

Spread the love

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ނަތީޖާއަށް ނުފޫޒު ފޯރުވުމަށްޓަކައި ވޯޓު ގަތުމަށް ސައްހަ ނޫން ފައިސާގެ ނޫޓުތަކެއް ބަހަމުންދާ ކަމަށް ޕީޕީއެމް-ޕީއެންސީ އިން މިއަދު ތުހުމަތުކޮށްފި އެވެ.

ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން އިދިކޮޅު ޕީޕީއެމް ޕީއެންސީ ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ވަގު ނޫޓް ބެނުންކޮށްގެން ވޯޓް ގަންނަން ސަރުކާރަށް ތާއީދުކުރާ ބަޔަކު މަސައްކަތް ކުރާ ކަމަށެވެ. އެހެންވެ އޭނާ ވަނީ މިކަމަށް ރައްޔިތުން ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

“ވަރަށް ނުބައި ލަނޑެއް ރައްޔިތުންނަށް އެދެނީ. އެއީ ވަގު ފައިސާ، ވަގު ނޫޓު އެ ބަހަނީ. ބޮޑެތި އަދަދުތަކުން، 20،000ރ. އިން 30،000ރ. އިން އެ ހުށަހަޅަނީ މާދަމާ ބޭނުންކުރެވޭނެ ފައިސާއެއް ނޫން. މި މީހުންނަކީ ހަމަ ކޮންމެ ކަމެއްގައި ވެސް ލަނޑުދޭ މީހުން،” އަބްދުއްރަހީމް ވިދާޅުވި އެވެ.

ނޫސްވެރިންގެ މިބައްދަލުވުމުގައި ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓުގެ ރިޔާސީ އެސިސްޓެންޓް މެނޭޖަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވީ ވޯޓުލުމަށް ކުޑަތަންވެފައި ވަނިކޮށް ވޯޓަށް ނުފޫޒު ފޯރުވުމަށް ރިޝްވަތުގެ ގޮތުގައި 500 އާއި 1،000 ރުފިޔާގެ ވަގު ނޫޓު މާލެ އާއި ރަށްރަށުގައިވެސް ބަހަމުންދާ ކަމަށެވެ.

މުއާޒު ވިދާޅުވީ އެމްޑީޕީގެ އިސްވެރިންނާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްވެސް ވޯޓަށް ނުފޫޒު ފޯރުވުމަށްޓަކައި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރަމުން ގެންދާ ކަމަށެވެ.

ޕީޕީއެމް-ޕީއެންސީންގެ ރިޔާސީ ކެންޑީޑޭޓް ތަރުޖަމާން މުހައްމަދު ތޮލާލު ވިދާޅުވީ ވޯޓަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ކުރަމުންދާ ކަންކަމަށް ރައްޔިތުން ފާރަވެރިވެ ސަމާލުވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *