ވޯޓު ލާން ކިޔު ހަދާލައިފި

Spread the love

ވާދަވެރި އަދި ފޯރިގަދަ ރިޔާސީ އިންތިހާބުގައި ވޯޓުލާން މިއަދު ހެނދުނު ހަތެއް ނުޖަހަނީސް ކިއު ހަދަން ފަށައިފި އެވެ.

މާލެ އާއި ބައެއް ރަށްރަށުގެ ވޯޓުފޮށިތައް ކައިރީގައި މިހާރު ވަނީ ކިއު ހަދައިފަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ހެނދުނު 7:30 އިން ފެށިގެން ކިއު އަށް އެރޭނެ ކަމަށެވެ.

“ވޯޓުލާން ފުރަތަމަ އަންނަ 2 މީހުންގެ ހާޒިރުގައި ސެކިއުރިޓީ އުރަ ކަނޑާލުމަށް ފަހު 8 ޖަހާއިރު ވޯޓުލުން ފެށިގެން ދާނެ،” އޭނާ ކުރެއްވި ޓުވިޓެއްގައި ވިދާޅުވި އެވެ.

ހަބީބް ވިދާޅުވި ގޮތުގައި ވޯޓުލާ ހުރިހާ މަރުކަޒުތަކެއްގައި އޮފިޝަލުން ތިބީ ތައްޔާރަށެވެ.

ވޯޓުލާން ހަވީރު 4 ޖަހާއިރު ކިއޫގައި މީހަކު ނެތް ނަމަ ކިއު ބަންދު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ވިދާޅުވީ، އާންމު ގޮތެއްގައި ވޯޓު ގުނަން ފަށާނީ ހަވީރު 4:30 ގައި ކަމަށެވެ.

މި ފަހަރުގެ ރިޔާސީ އިންތިހާބުގައި 8 ކެންޑިޑޭޓަކު ވާދަކުރެ އެވެ. އަދި 282،395 ވޯޓުލާން ޝަރުތު ހަމަވެ އެވެ. އޭގެ ތެރެއިން 27،006 އަށް ވުރެ ގިނަ މީހުންނަކީ 18 އަހަރު ފުރުމާ އެކު މި ފަހަރު އަލަށް ވޯޓު ލެވޭ ޒުވާނުންނެވެ.

މިއަދުގެ ހެނދުނު 8 އިން ހަވީރު 4 އަށް ބާއްވާ ވޯޓުލުމަށް 574 ވޯޓުފޮށި މުޅި ރާއްޖޭގައި ބަހައްޓާފައި ވެ އެވެ. އޭގެ ތެރެއިން 176 ފޮށި ބެހެއްޓީ މާލެ ސަރަހައްދުގަ އެވެ. ރާއްޖެ އިން ބޭރުގައި 8 ފޮށި ހުންނާނެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

Social Media Auto Publish Powered By : XYZScripts.com