ދެވަނަ ބުރުގައި، ޑިމޮކްރެޓުން މުޢިއްޒަށް ތާޢީދުކުުރުމުގެ “އޮއިވަރެއް” އުފެދިއްޖެ

Spread the love

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް މިފަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުވިޔަ ނުދިނުމަށް ނުކުތް ދަ ޑިމޮކްރެޓްސްއިން ދެވަނަ ބުރުގައި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒަށް ތާއީދު ކުރުމުގެ ވިސްނުން، ދަ ޑިމޮކްރެޓްސްގެ ތެރޭގައި ގެންގުޅޭކަން ފާހަގަވެއްޖެއެވެ.

ޑިމޮކްރެޓުންގެ އިސްބައެއް ބޭފުޅުން ސޯޝަލް މީޑިޔާގައި ހާމަކުރައްވާފައިވާ ޝުއޫރާއި އެ ޕާޓީގެ އާންމު މެންބަރުންގެ ޚިޔާލަށް ބަލާއިރު، ޑިމޮކްރެޓްސްގެ ތާއީދު، މުއިއްޒުއަށް ލިބޭނެ ކަމަށް ބެލެވެއެެވެ.

އިންތިޚާބުގައި ބެހެއްޓުނު ފޮށިތަކުގެ ތެރެއިން މިހާތަނަށް ގުނި ފޮށިތައް ދައްކާގޮތުން، ކުރީގައި އުޅުއްވަނީ ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއެވެ. މުއިއްޒު ކުރީގައި އުޅުއްވަނީ 45.1 އިންސައްތަ ވޯޓުންނެވެ. ނުވަތަ 100،322 ވޯޓެވެ.

މުއިއްޒުއާ އެންމެ ގާތުން ވާދަކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހެވެ. އޭނާއަށް މިހާތަނަށް ލިބިވަޑައިގަތީ 38.2 ޕަސެންޓް ނުވަތަ 85،045 ވޯޓެވެ.

އިންތިހާބުގެ 3 ވަނަ ލިބިފައިވަނީ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބެވެ. ހަތަރުވަނައިގައި އުމަރު ނަސީރު އުޅޭއިރު، 5 ވަނައިގައި އުޅެނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާޙީމެވެ. 6 ވަނަ ފާރިސް މައުމޫނަށް ލިބޭއިރު ނަތީޖާތަކުން ދައްކާއިރު، އެމްއެންޕީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމަށް 7 ވަނަ އަދި ހަސަން ޒަމީލަށް ލިބެނީ 8 ވަނައެވެ.

މިއަދުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބުނު 282,395 މީހުންގެ ތެރެއިން 223،092 މީހުން ވޯޓު ދިނެވެ. އެއީ ހައްގު ލިބުނު އާބާދީގެ 79 ޕަސެންޓެވެ. އިދިކޮޅު ކެންޑިޑޭޓު މުއިއްޒާއި ރައީސް ޞާލިހުގެ އިތުރުން މި އިންތިހާބުގައި ހަ ކެންޑިޑޭޓުން ވާދަ ކުރިއެވެ.

ރިޔާސީ އިންތިޚާބުން އެއްވެސް ކެނޑިޑޭޓަކަށް 50 އިންސައްތައަށްވުރެ އިތުރަށް ވޯޓް ލިބިފައިނުވާތީ ކުރިއަށް އޮތް 5 އަހަރަށް އިންތިޚާބުކުރާ ރައީސުލްޖުމްހޫރިއްޔާއަކު ކަނޑައެޅުމަށް ބާއްވާ އިންތިޚާބުގެ ދެވަނަ ބުރު އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.

Leave a Reply

Your email address will not be published. Required fields are marked *