ލަފާކުރި ވަރަށް ވުރެ މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ %7.7 ދަށަށް ހިނގައްޖެ

Spread the love

މިދިޔަ އޮގަސްޓު މަގު ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީ އަށް ވުރެ، މީރާ މެދުވެރިކޮށް ލިބުނު އާމްދަނީ %7.7 ދަށް ވެފައިވާ މީރާގެ ހިސާބުތަކުން ދައްކައިފި އެވެ.

މީރާ އިން އާންމުކޮށްފައިވާ އޮގަސްޓު މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު މީރާ މެދުވެރިކޮށް ދައުލަތަށް ލިބުނީ 1.60 ބިލިއަން ރުފިޔާގެ އާމްދަނީ އެކެވެ.

މީރާގެ ހިސާބުތައް ދައްކާ ގޮތުން، މިދޔަ މަހު މީރާ މެދުވެރިކޮށް ދައުލަތަށް ލިބުނު އާމްދަނީ ލަފާކުރި ވަރަށް ވުރެ ދަށަށް ދިޔަ ނަމަވެސް އެއީ 2022 ވަނަ އަހަރު އެ މުއްދަތުގައި ލިބުނު އާމްދަނީ އަށް ވުރެ %21 އިތުރު އަދަދެކެވެ.

މީރާ އިން ބުނީ ލަފާކުރި ވަރަށް ވުރެ މިދިޔަ މަހު ލިބުނު އާމްދަނީ ދަށްވީ އިންކަމް ޓެކްސް އާއި ޓީޖީއެސްޓީ އަދި ގްރީން ޓެކްސް އިން ލިބުނު އާމްދަނީ މަދުވުމުން ކަމަށެވެ. އެގޮތުން ފަތުރުވެރިން އަންނާނެ ކަމަށް އަންދާޒާ ކުރި އަދަދު %0.2 ދަށަށް ދިޔަ ކަމަށާއި އެހެންކަމުން އެ މުއްދަތުގައި ޓީޖީއެސްޓީ އިން ލިބުނު އާމްދަނީ ކުޑަކޮށް ދަށްވެފައިވާކަން މީރާ އިން ފާހަގަ ކުރި އެވެ.

މިދިޔަ މަހު އެންމެ ބޮޑު އާމްދަނީ އެއް ލިބުނީ؛

ޖީއެސްޓީ – 943 މިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ %59)

އިންކަމް ޓެކްސް – 188 މިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ %11.8)

އެއާޕޯޓް ޑިވެލޮޕްމެންޓް ފީ – 90 މިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ %5.7)

ޑިޕާޗާ ޓެކްސް – 87 މިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ %5.5)

ގްރީން ޓެކްސް – 69 މިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ %4.4)

މިދިޔަ މަހު މީރާ އަށް ލިބުނު 1.60 ބިލިއަން ރުފިޔާގެ ތެރޭގައި ޑޮލަރުން ލިބުނު 62.02 މިލިއަން ޑޮލަރު ވެސް ހިމެނެ އެވެ.  އޮގަސްޓު މަހުގެ ނިޔަލަށް، މި އަހަރު ތެރޭ މީރާ މެދުވެރިކޮށް17.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް ދައުލަތަށް ލިބިފައިވޭ

Leave a Reply

Your email address will not be published. Required fields are marked *