އިންތިހާބުގެ ދެވަނަ ބުރު ބާއްވަން 44 މިލިއަން ރުފިޔާގެ ބަޖެޓަކަށް އެދެނީ

Spread the love

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއް ބޭއްވުމަށް 44 މިލިއަން ރުފިޔާގެ ބަޖެޓެއް ބޭނުންވާ ކަމަށާއި އެކަމަށް ސަރުކާރުގައި އެދޭނެ ކަމަަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

ރިޔާސީ އިންތިހާބުގެ ވޯޓުލުން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިރު ވާދަކުރެއްވި އަށް ކެންޑިޑޭޓުންގެ ތެރެއިން އެއްވެސް ބޭފުޅަކަށް %50 އަށް ވުރެ މަތިން ވޯޓު ނުލިބޭތީ މި މަހު 30ގައި ދެވަނަ ބުރެއް ބާއްވަން އިލެކްޝަންސް ކޮމިޝަނުން އަންނަނީ ތައްޔާރުވަމުންނެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ މިރައްޔިތުންގެ މަޖިލީހުން ދިޔަ އަހަރު ރިޔާސީ އިންތިހާބަށް ފާސްކުރި 90 މިލިއަން ރުފިޔާގެ ބަޖެޓުން ދެވަނަ ބުރުގެ ހަރަދުތައް ހަމަނުޖެއްސޭނެ ކަމަށެވެ. 

“އެހެންވީމާ މިހާރު ކޮމިޝަނުން ދެވަނަ ބުރެއް ބާއްވަން ޖެހުމާ ގުޅިގެން ބަޖެޓެއް މިހާރު މި އޮތީ ތައްޔާރުކޮށްފައި، ދެވަނަ ބުރުގެ ބަޖެޓު. އެ ބަޖެޓަށް ގާތްގަނޑަކަށް 44 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ކޮމިޝަނަށް ލަފާ ކުރެވެނީ،” ހަބީބު ވިދާޅުވި އެވެ.

 މަޖިލީހުން ރިޔާސީ އިންތިހާބަށް ކަނޑައެޅި 90 މިލިއަން ރުފިޔާއަކީ އީސީން އެދުނު އަދަދަށް ވުރެ 35 މިލިއަން ރުފިޔާ މަދު ބަޖެޓެކެވެ. އީސީން އެދުނީ ދެވަނަ ބުރަށާ އެކު 120 މިލިއަން ރުފިޔާ ފާސްކޮށްދިނުމަށެވެ. އޭރު ވެސް އެ ކޮމިޝަނުން ވަނީ 90 މިލިއަން ރުފިޔާ އިން ދެ ބުރު ނުބޭއްވޭނެ ކަމަށް ބުނެފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

Social Media Auto Publish Powered By : XYZScripts.com