ދިގު މުއްދަތަށް ކުއްޔަށްދޭ ވިލާތަކުން ރިއަލް އެސްޓޭޓް ޓެކްސް

Spread the love

ދިގު މުއްދަތަށް ކުއްޔަށްދޭ ވިލާތަކުން ރިއަލް އެސްޓޭޓް ޓެކުހެއްް ނަގަން ގާނޫނަށް އިސްލާހް ހުށަހަޅައިފިއެވެ.

ޓޫރިޒަމާއި ބެހޭ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާއެވެ.

އޭނާ ހުށަހެޅުއްވި އިސްލާހުގައި ވަނީ ފަތުރުވެރިންނަށް ހިދުމަތް ދޭ ތަނަކުން ވިލާއެއް ނުވަތަ ކޮޓަރިއެއް ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށްދޭ ނަމަ އެ ތަނެއް ވިއްކާ ޖުމްލަ އަގުގެ ހަތަރު ޕަސެންޓުގެ ރޭޓުން ރިއަލް އެސްޓޭޓް ޓެކްސް ދައްކަން ޖެހޭނެ ކަމަށެވެ.

ބިލުގައިވާ ގޮތުން ރިއަލް އެސްޓޭޓް ޓެކްސް ދެއްކުމުން އެ ވިލާއަކުން ދައްކަންޖެހޭ ޓީޖީއެސްޓީ ދެއްކުން ނިމުމަކަށް އަންނާނެއެވެ.

މިދިޔަ ހަފްތާގައި ޓޫރިޒަމް މިނިސްްޓްރީން ވަނީ ޓޫރިސްޓު ކޮޓަރި އާއި ވިލާ ދިގު މުއްދަތަށް ދޫކުރުމާބެހޭ ގަވާއިދު އާންމުކޮށްފައެވެ.

ގަވާއިދުގައިވާ ގޮތުން އެފަދައިން ތަންތަން ކުއްޔަށް ދިނުމުގެ ކުރިން ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީކުރަން ޖެހެއެވެ. އަދި މިނިސްޓްރީން ރަޖިސްޓްރީ ކޮށްދޭނީ ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭ ތަންތަނެވެ.

ދިގު މުއްދަށް ވިލާއެއް ނުވަތަ ކޮޓަރިއެއް ކުއްޔަށް ދޫކުރާނަމަ، ގަވާއިދުގައިވާ ގޮތުން އެތަނެއް ކުރިއާލައި ރަޖިސްޓްރީ ކުރަންޖެހެއެވެ. އެގޮތަށް ކޮޓަރިއެއް ރަޖިސްޓްރީކޮށްދެނީ 5،000ރ. ސަރުކާރަށް ދެއްކުމުންނެވެ

Leave a Reply

Your email address will not be published. Required fields are marked *