ނައިފަރުގައި ކަރަންޓު ނެތި ރައްޔިތުން ހާލުގައި

Spread the love

މިއަދު މެންދުރު 1 އިން ފެށިގެން ނައިފަރުގައި ކަރަންޓު ނެތި އެރަށު ރައްޔިތުން ހާލުގައި ޖެހިފައިވާކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ނައިފަރު އިންޖީނުގޭން ކަރަންޓު ފޯރުކޮށްދެމުން ގެންދާ އިންޖީނަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން އެ ރަށުން ޚިދުމަތް ލިބިގަންނަވަ މީހުންނަށް ބޭނުންވާ މިންވަރަށް ކަރަންޓު ނުއުފެއްދޭކަމަށް ހާމަކޮށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ނައިފަރު ބްރާންޗުން ވަނީ ބަޔާނެއްވެސް ނެރުއްވާފައެވެ.

އެ ބަޔާނުގައި ވާގޮތުން، މިވަގުތު ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުން ގެންދަނީ ރަށުގެ ބައެއް ސަރަހައްދުތަކުން ދޭތެރެ ދޭތެރެއިން ޚިދުމަތް މެދުކަނޑަމުންކަމަށާއި ހާލަތު ހުރިގޮތުން މިރޭވެސް ޚިދުމަތް ފޯރުކޮށްދެވެން އަންނަނީ ބައެއް ސަރަޙައްދުތަކުން ކަރަންޓު ކަނޑަމުންކަމަށެވެ.

އެ މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރާކަމަށްވެސް އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

“މިވަގުތަށް ކޮންމެހެން ބޭނުންވާ ދިއްލުންތައް ފިޔަވައި އެހެންކަންކަމަށް ބޭނުންނުުކުރައްވާ، މަތީ ކަރަންޓު ނަގާ ތަކެތިން ކަރަންޓު ކަނޑާލަ ދެއްވުން އެދި ދެންނެވީމެވެ” އެ ބަޔާނުގައި ވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Social Media Auto Publish Powered By : XYZScripts.com