ރީ-ރަޖިސްޓްރީކުރި މީހުންގެ ލިސްޓު އާންމުކުރާނެ: އިލެކްޝަންސް

Spread the love

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓްލުމަށް ރީ ރަޖިސްޓްރީކުރި މީހުންގެ ލިސްޓް އާއްމުކުރާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިހެން ބުނެފައި މިވަނީ ރީ-ރަޖިސްޓްރީކުރުމުގެ މަރުހަލާއާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާތީއެވެ.އިލެކްޝަންސް ކޮމިޝަނުން ބުނީ ރީ-ރަޖިސްޓްރޭޝަން މަރުހަލާގައި ކަންބޮޑުވާންޖެހޭނެކަމެއް ނެތްކަމަށާއި އެ މަރުހަލާގެ ސައްހަކަން ކޮމިޝަނުން ޔަގީންކުރާނެ ކަމަށެވެ. އެގޮތުން ރީ ރަޖިސްޓްރޭޝަން ނިމުމުން، ރީ-ރެޖިސްޓްރީކުރި މީހުންގެ ލިސްޓް އާއްމުކުރާނެ ކަމަށާއި، އަދި އެއަށްފަހު، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ދެ ދުވަހުގެ މުއްދަތެއް ދެއްވާނެކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ޑޭޓާ ބޭސްގެ ކޮންޓްރޯލް އެމްޑީޕީއަށް އޮތްކަމަށް ބުނެ ދައްކާ ވާހަކަތައްވެސް އިލެކްޝަނުން ދޮގުކުރެއެވެ. އެގޮތުން އެކޮމިޝަންގެ ޑޭޓާ ބޭސްއަށް އެހެން ބަޔަކަށް ނުވަދެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އިލެކްޝަންސް ކޮމިޝަނުން ވަނީ ދީފައެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރީ ރަޖިސްޓްރީކުރުމަށް އިލެކްޝަންސް ކޮމިޝަނުން ދިން ދެ ދުވަހުގެ މުއްދަތު ވަނީ ހަމަވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *