ސައުދީ ރަސްގެފާނުގެ އަމުރުފުޅަށް އެހީގެ ބޯޓުތައް ލީބިޔާއަށް!


ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް އަޒީޒާއިި ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާންގެ އެންގުމާ އެއްގޮތަށް ސައުދީގެ ފުރަތަމަ ރިލީފް ފްލައިޓް ލީބިޔާއަށް ހިނގައްޖެއެވެ.
ސައުދީ ޝާހީ ރަސްގެފާނާއި ޝާހީ އާއިލާއިން އެހީ ލީބިޔާއަށް އެހީ ފޮނުއްވާފައި މިވަނީ، މެޑްޓްރޭނިއަމް ކަނޑުގައި އުފެދުނު ވަރުގަދަ ތޫފާން “ޑެނިއަލް” ލީބިޔާގެ ތާރިހީ އަވަށެއް ކަމަށްވާ ދަރްނާއަށް އަރައި ހިނގި ފެންބޮޑުވުމުގެ ކާރިސާގައި އެގާރަ ހާހަށްވުރެ ގިނަ މީހުން މަރުވެ އެތައްބަޔަކު ހާލުގައި ޖެހިފައިވާތީއެވެ.
އެހީގެ ފުރަތަމަ ފްލައިޓުގައި 90 ސާމާނު ގެންދިޔައެވެ. މީގެ ތެރޭގައި ކާނާ އާއި މިވަގުތަށް ކޮންމެހެން ބޭނުންވާ ސާމާނު ހިމެނެއެވެ. ރިލީފް އެހީ ބެހުމުގެ ކަންކަން ކޯޑިނޭޓް ކުރުމުގެ ޒިންމާ އުފުލަމުން ދަނީ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ސަލްމާން ހިއުމަނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރ (ކޭއެސްރިލީފް) ގެ ޚާއްޞަ ޓީމަކުންނެވެ.
މިތަކެތި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ފޯރުކޮށްދެމުން ދަނީ ލީބިޔާގެ ރެޑް ކްރެސެންޓާ ގުޅިގެންނެވެ. ސައުދީ އާއިލާގެ މި ހެޔޮއެދުމުގެ އަމަލަކީ، މުސީބާތްތަކާއި ކާރިސާގެ ވަގުތުތަކުގައި އިސްލާމީ އަދި އެކުވެރި ޤައުމުތަކަށް ރަސްކަމުގެ ދަރުބާރުން ދައްކަވަމުން އަންނަ ފަސްނުޖެހޭ އިންސާނީ ވަޢުދުގެ ރީތި މިސާލެވެ. އިތުރު ލިޔުންތައް
