މަޝްރޫއުތައް އެވޯޑުކޮށް، ސޮއި ކުރުމަށް ފަހު ވެސް މަސައްކަތް ނުފެށި ހުރުމަކީ އެއީ ކޮންމެ ރަށެއްގެ ވެސް ޝަކުވާކަމަށާއި ކޮންޓެރްކްޓަރުންގެ ޖީބަށް ބަރުވާ ގޮތަށް ފައިސާތައް ލިބުމަކީ ގޯހެއްކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ކެމްޕެއިނުގައި މުއިއްޒު އިސްލަމެއް މިވަގުތު ދެއްވަނީ ފުރަތަމަ ބުރުގެ ކެމްޕެއިނަށް ލިބުނު ކުރު މުއްދަތުގައި ހުރިހާ ރަށަކަށް ވަޑައިނުގެންވޭތީ އެ ރަށްތަކުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށެވެ.

މިއަދުގެ ބައްދަލުވުމުގައި ރަށުގެ ރައްޔިތުން ބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ރިޔާސީ ކެމްޕެއިނަށް ވަޑައިގެންނެވި އިރު، ނިމިފައި ހުރި އެއްވެސް މަޝްރޫއުއެއް ނެތުމެވެ. ނުވަތަ ސަރުކާރު ޕްރޮމޯޓު ކުރުމަށް ރިބަންފަތް ކަނޑާލާނެ އެއްވެސް މަޝްރޫއުއެއް ނެތުމެވެ. އަދި ރަނގަޅު ފެންވަރުގެ ބަނދަރެއް ނެތުމާއި އެކު އަސާސީ ހިދުމަތްތައް ނުލިބުމުގެ ކަންބޮޑުވުންފާޅު ކުރި އެވެ.

އެކަން ފާޙަގަކޮށް މުއިއްޒު ވިދާޅުވީ މަޝްރޫއުތައް އެވޯޑުކޮށް، ސޮއި ކުރުމަށް ފަހު ވެސް މަސައްކަތް ނުފެށި ހުރުމަކީ އެއީ ކޮންމެ ރަށެއްގެ ވެސް ޝަކުވާ ކަމަށެވެ. ކޮންޓެރެކްޓަރާއި ފައިސާ ހަވާލު ކުރުމުން ވެސް މަސައްކަތް ކުރިޔަށް ނުގޮސް އޮތުމުން ދޭހަވަނީ އެ މަޝްރޫއުއެއްގެ ސަމާލުކަން ހުރީ ކޮންމެސް މީހަކަށް ފައިސާ ދިނުންމަށްކަން ސާފުވާކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އެތައް ރަށެއްގެ އެއް މަޝްރޫއުއެއް އެކި ކޮންޓްރެކްޓަރުންނައި ހަވާލުކޮށް ފައިސާ ދީފައިވާކަމަށެވެ. އެކަމަކު އެ މަސައްކަތް ހުއްޓި އެކަން ތަކުރާރުވެ އަނެއްކާވެސް އާ ބަޔަކާ މަސައްކަތް ހަވާލުކޮށް ފައިސާ ދޭއިރު ކުރިން އެ މަސައްކަތް ހަވާލު ކުރި ކުންފުނި ޒިންމާ ކުރުވައި ފިޔަވަޅު އެޅޭނެ ގޮތެއް ވެސް ނެތް ކަމަށެވެ. އެހެންކަމުން އެކަމުން ވަމުންދާ ގޮތް ސާފުވާކަމަށާއި، މިއީ އާންމު ރައްޔިތުންގެ ފައިސާއަށް ދައުލަތުން ވާ ހިޔާނާތެއްކަމަށް މުއިއްޒު ވިދާޅި އެވެ.

ދެންމެ ފާހަގަކޮށްފި، ފެށިފައި ހުރި މަސައްކަތްތަކެއް ނުނިމި ހުރި ވާހަކަ، މި ރަށުގަ އެކަންޏެއް ނޫން،، މިހެން ހުރީ ގާތްގަނޑަކަށް ހުރިހާ ރަށެއްގައި ވެސް… ގިނަފަހަރަށް އެގޮތަށް ވަނީ މަސައްކަތްތައް ހަވާލުކޮށްފަ، އެޑްވާންސަށް ފައިސާ ނަގާފަ، ދެން ކޮންޓެރްކްޓަރު މަސައްކަތް ހުއްޓާލާފަ ދަނީ.. ދެން ދިޔައީމަ ހުއްޓިފަ އޮވެފަ އަނެއްކާވެސް އެހެން ބަޔަކަށް ދެނީ.. ދިނީމަ އެ މީހުން ވެސް ހަމަ އެޑްވާންސްގެ ފައިސާ ނަގާފަ ހަމަ ދަނީ.. މިގޮތަށް ވަރަށް ގިނަ ރަށްތަކުގައި އެބަހުރި ހައެއްކަ ފަހަރު ކޮންޓްރެކްޓަރު ބަދަލުވެފަ.. އެހެންވީމަ މީގެއިން މިވާގޮތް އެބަ އެނގޭ، ހަމަ ތިބޭފުޅުންގެ ފައިސާއަށް ހަމަ ހިޔާނާތްތެރިވެވެނީ.. ފައިސާ ދީފަ އެ މީހުންނާ ދޭތެރޭ އެޅޭ އެއްވެސް ފިޔަވަޅެއް ވެސް ހަމަ ނޯވޭ..  ރައްޔިތުންނަށްޓަކައި މި މަސައްކަތްތައް ނިންމުމަށް އެއްވެސް ސަމާލުކަމެއް ދެވިފައި ނެތް..

މަޝްރޫއުތައް ހުއްޓިފައި ހުރުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިތައް ސަރުކާރަށް އެނގެން ޖެހޭކަމަށާއި، ރަށްތަކުގައި ކަންކަމާއި ހަވާލުވެ ތިބޭ ވެރިން ނުވަތަ ކޮންޓްރެކްޓަރުގެ ޖީބަށް ބަރުވާ ގޮތަށް ފައިދާ ވެގެން ނުވާނެކަމަށް މުއިއްޒު ވިދާޅުވި އެވެ.

މާއުނގޫދޫގެ ރައްޔިތުންނަށް މުއިއްޒު ދެއްވި ޔަގީންކަމަކީ ރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްގީ ކުރުމާއި އެކު ބަނދަރުގެ މަސައްކަތް ކުރިޔަށް ގެންދިއުމެވެ. އަދި ރަށުގައި ކުޅިވަރަށް ބޭނުންވާ ވަސީލަތަތައް ގާއިމުކޮށް، އިގްތިސާދީ ކުރިއަރުވައި، ސިއްހީ ނިޒާމު ހަރުދަނާ ކުރުމާއި އެކު ސްކޫލުގެ ޖާގަ އިތުރު ކުރުން ފާހަގަ ކުރި އެވެ.

މުއިއްޒު ވިދާޅުވި މާއުނގޫދޫގެ ސްކޫލަށް ކްލާސް ރޫމް އިތުރުކޮށް، މަލްޓިޕާޕަސް ހޯލަކަށް ރައްޔިތުން އެދިފައިވާ ކަމަށެވެ.

މީގެއިތުރުން ރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް ވެސް ހާއްސަ އިސްކަމެއް ދެއްވާނެކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ރަށުގެ އަންހެނުންގެ ފަރާތުން ގުރުއާނާ ބެހޭ މަރުކަޒެއް ގާއިމުކޮށްދޭން އެދިފައިވާތީ އެކަން ވެސް ފުރިހަމަކޮށްދެއްވާނެކަމަށް މުއއްޒު ވިދާޅުވިއެވެ،

Related Post

Leave a Reply

Your email address will not be published. Required fields are marked *