އެމްޑަބްލިއުއެސްސީން ސްޓެލްކޯގެ ކަރަންޓު ބޭނުން ކުރަން ފަށައިފި

Spread the love

ފެނުގެ ހިދުމަތް ދެމުން އަންނަ މޯލްޑިވްސް ވޯޓާ ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ފޯރުކޮށްދެމުން އަންނަ ކަރަންޓު އެ ކުންފުނީގައި ބޭނުން ކުރަން އެއްބަސްވެއްޖެއެވެ.

ދެކުންފުނީގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައި ސޮއި ކޮށްފައިވާއިރު ސްޓެލްކޯއިން ބުނީ މިފަދަ އެއްބަސްވުންތަކުގައި ސޮއި ކުރެވެނީ އެ ކުންފުނީގެ މެނޭޖްމަންޓުގެ ހަރުދަނާ ސިޔާސަތުތަކާއި ކެނޑިނޭޅި މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތުގެ ސަބަބުން ކަމަށެވެ.

އަދި އޭގެ ނަތީޖާއެއްގެ ގޮތުން އެ ކުންފުނީގެ ގްރިޑް ސްޓެބިލިޓީ އިތުރުވެ، އަމިއްލަ ޖެނެރޭޓަރު ސެޓު ބޭނުންކޮށްގެން ކަރަންޓު އުފައްދަމުން ގެންދާ ބައެއް ބޮޑެތި ކުންފުނިތަކުން ސްޓެލްކޯއަށް ބަރޯސާވުން އިތުރުވެފައިވާ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

ބައެއް ބޮޑެތި ކުންފުނިތަކުންވެސް އަމިއްލަ ޖެނެރޭޓަރު ބޭނުން ކުރުމުގެ ބަދަލުގައި ސްޓެލްކޯއިން އެ ހިދުމަތް ބޭނުން ކުރަން ވަނީ ފަށާފައެވެ. އެގޮތުން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަހުގެ ވިޔަފާރި ކުރަމުންދާ އެންސިސް އިން ވެސް ވަނީ ސްޓެލްކޯ މެދުވެރިކޮށް ކަރަންޓުގެ ހިދުމަތް ބޭނުން ކުރަން ފަށާފައެވެ.

މީގެ ކުރިން ރާއްޖޭގައި ހިންގި ރައްޔިތުންގެ އިންޖީނުގެތައް ހިންގުން ފެނަކައާ ހަވާލުކުރިއެވެ. ނަމަވެސް މާލޭ ސަރަހައްދުގެ އިތުރުން ބައެއް ރަށްރަށުގައި އަދިވެސް ސްޓެލްކޯއިން ކަރަންޓް ފޯރުކޮށްދެމުން ދެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Social Media Auto Publish Powered By : XYZScripts.com