އިންޓަނޭޝަނަލް ޑްރައިވިންގ ލައިސަންސަށް މިހާރު އެޕްލައި ކުރެވޭނެ: ޓްރާންސްޕޯޓް މިނިސްޓްރީ

Spread the love

“އިންޓަރނޭޝަނަލް ޑްރައިވިންގ ލައިސަންސް” ހޯދުމަށް ފުރިހަމަކުރަންޖެހޭ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް އެ ފުރުސަތު ޓްރާންސްޕޯޓް މިނިސްޓްރީން ހުޅުވާލައިފިއެވެ.

އެކަން ހާމަކޮށް އެ މިނިސްޓްރީން އިއްޔެ ބުނެފައިވަނީ އެއްގަމު އުޅަނދު ދުއްވުމަށް އެ މިނިސްޓްރީން ދޫކުރާ ލައިސަންސް ތައް ބައިނަލްއަޤްވާމީ ގޮތުން ކަނޑައަޅާ މިންގަނޑުތަކަށް ފެއްތުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، “އިންޓަރނޭޝަނަލް ޑްރައިވިންގ ލައިސަންސް” ހޯދުމަށް ފުރިހަމަކުރަންޖެހޭ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މި މިނިސްޓްރީގެ ސިމްސް ޕޯޓަލް (https://sims.transport.gov.mv) މެދުވެރިކޮށް އެކަމަށް އެދުމަށް އިއްޔެއިން ފެށިގެން ހުޅުވާލާފައިވާނެކަމަށެވެ.

“ހަވާލާދެވުނު ތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމަށް އެދެވޭނީ މި މިނިސްޓްރީން ދޫކޮށްފައިވާ އޭ-ޒޯނުގެ “ދާއިމީ ލައިސަންސް” ލިބިފައިވާ ފަރާތްތަކަށެވެ. އަދި މިގޮތުން ލައިސަންސް ދޫކުރެވޭނީ މި މިނިސްޓްރީން އެކަށައަޅާ ތަމްރީން ޕްރޮގްރާމް އެއް ފުރިހަމަކުރައްވާ ފަރާތްތަކުގެ ތެރެއިން މިނިސްޓްރީން ޝަރުޠު ފުރިހަމަވާކަމަށް ކަނޑައަޅާ ފަރާތްތަކަށެވެ.” އެ މިނިސްޓްރީން ބުނެފައިވެއެވެ.

އެ މިނިސްޓްރީން އިތުރަށް ބުނެފައިވަނީ މިގޮތުން ދޫކުރެވޭ “އިންޓަރނޭޝަނަލް ޑްރައިވިންގ ލައިސަންސް” އަކީ “ވިއެނާ ކޮންވެންޝަން އޮން ރޯޑް ޓްރެފިކް 1968” ގައި ބައިވެރިވެފައިވާ ގައުމުތަކުގައި ގަބޫލުކުރާނެ ލައިސަންސް އެއް ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

Social Media Auto Publish Powered By : XYZScripts.com