ފުލުހުންގެ އެލާޓް ލެވެލް އެންމެ މަތީ ދަރަޖައަށް!


ގެ ރިޔާސި އިންތިހާބާއި ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުގެ އެލާޓް ލެވެލް ވަނީ އެންމެ މަތީ ދަރަޖައަށް ބަދަލުކޮށްފައެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާއި ގުޅިގެން ފުލުހުން ދަނީ އޮޕަރޭޝަން ބްލޫ ވޭވް ގެ ނަމުގައި ހާއްސަ އޮޕަރޭޝާންއެއް ހިންގަމުންނެވެ.
ފުލުހުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އިއްޔެއިން ފެށިގެން އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ނިމި ނަތީޖާ އިއުލާނުކުރަން ދެން ދިވެހި ފުލުހުންގެ ޚިދުމަތުގެ އެލަރޓް ލެވަލް ވަނީ އެންމެ މަތީ ދަރަޖާގައި ކަމަށެވެ.
މީގެއުތުރުން މި އޮފަރޭޝަން އާއި ގުޅިގެން ފުލުހުން ވަނީ ރިޔާސީ އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް މިމަހުގެ 27 ވަނަ ދުވަހު އުތުރާއި ދެކުނުގެ ރަށް ރަށަށް ފުރާފައެވެ. އަދި އެ އޮޕަރޭޝަންގެ ކޮމާންޑަރ ވަނީ އެޗް.އާރު.ސީ.އެމް އާއި އެން.އައި.ސީ އާއި ވަނީ ބައްދަލުކުރައްވާފައެވެ.
