ރިޔާސީ އިންތިހާބު 2023: ވޯޓުލާ ގަޑި އިތުރެއް ނުކުރާނެ

Spread the love

ހަބީބު ވިދާޅުވީ ވީހާވެސް އަވަހަކަށް ހުރިހާ ފަރާތްތަކުން ވެސް ނިކުމެ ވޯޓުލުމުގެ ހައްގު އަދާކުރުމަށް އެދޭ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދާނީ މިއަދު ހެނދުނު 8:00 އިން ހަވީރު 5:00 އަށް ކަމަށާއި އެއަށް ވުރެ އިތުރަށް ކޮމިޝަނުން ވޯޓުލާން ވަގުތު އިތުރުނުކުރާނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވަނީ ފުރަތަމަބުރުން އެންމެ ގިނަ ވޯޓު ހޯއްދެވި ދެ ކެންޑިޑޭޓުންނެވެ. އެއީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެވެ.

ވޯޓުލާންޖެހޭ މަރުކަޒު ނޭނގޭ ނަމަ، ވީއާރު ޖެހުމަށް ފަހު އައިޑީ ކާޑު ނަންބަރު ލިޔެ، 1414 އަށް މެސެޖުކޮށްލާ އެވެ.

މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލާ ވަގުތު އިތުރު ނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

“އެހެންވީމަ އިތުރު ކުރާނެ ކަމަށް ބައްލަވައިގެން، ވޯޓުލާން އެންމެ ފަހު ވަގުތަށް މަޑުނުކުރެއްވުން އެއީ ކޮމިޝަނުން ވަރަށް ބޮޑަށް އެދޭ ކަމެއް،” ހަބީބު ވިދާޅުވި އެވެ.

ދެވަނަ ބުރުގައި 586 ވޯޓްފޮށި ބަހައްޓާ އިރު، ވޯޓު ލުމުގެ ހައްގު 282،804 މީހަކަށް ލިބިގެންވެ އެވެ. އެއީ، 138،394 އަންހެނުންނާއި 144،410 ފިރިހެނުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

Social Media Auto Publish Powered By : XYZScripts.com