މަޖިލިސް އިންތިހާބަށް 306 މުވައްޒަފުން ހޯދަނީ


އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ މަސައްކަތްތަކަށް 300 އަށް ވުރެ ގިނަ މުވައްޒަފުން ހޯދަން އިލެކްޝަން ކޮމިޝަން (އީސީ) އިން އިއުލާންކޮށްފި އެވެ.
އިއުލާންކުރި މަގާމުތަކުގެ ތެރޭގައި ސެކިއުރިޓީ އާއި ލޮޖިސްޓިކް އޮފިސަރުންނާއި މެނޭޖަރުން އަދި އޮފިސަރުން ފަދަ މަގާމުތައް ހިމެނެ އެވެ. އެގޮތުން ޖުމްލަ 306 މުވައްޒަފުން ހޯދަން އިއުލާންކުރި އިރު، ކުރިމަތިލުމުގެ ސުންގަޑި ހަމަވާނީ މި އަހަރުގެ ޑިސެމްބަރުގެ ނިޔަލަށެވެ.
އަންނަ އަހަރު މަޖިލީހުހެ އިންތިހާބު ބާއްވާނެ ތާރީހެއް އީސީން އަދި އިއުލާނެއް ނުކުރެ އެވެ. މި އންތިހާބަކީ މެމްބަރުންގެ އަދަދު 93 އަށް އަރާނެ އެވެ. އެއީ އަލަށް އތުރުވި ހަ ދާއިރާއާ އެކީގަ އެވެ. އިތުރުވި ދާއިރާތަކަކީ، ހުޅުމާލެ ދެކުނު ދާއިރާ، ކ. މާފުށި ދާއިރާ، ގުރައިދޫ ދާއިރާ އަދި ފޭދޫ ދެކުނު ދާއިރާ އެވެ.
މަޖިލީހުގައި މިހާރު ތިއްބަވަނީ 87 މެމްބަރުންނެވެ.
