މިއަދު ބަޑިޖަހާނެ، ވަޒަން ދަތުރުކުރާނީ ގިރިފުށީ ހުޅަނގު ދެކުނު ފަރާތުން 4100 މީޓަރު ދުރުމިނަށް

Spread the love

ދިވެހިރާއްޖޭގެ ދިފާޢީބާރު، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފްއިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއްގައި މިއަދު 5 އޮކްޓޯބަރުގައި ބަޑިޖެހުމަށް ހަމަޖެހިފައިވާތީ ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެދިވަޑައިގެންފިއެވެ.

އެމްއެންޑީއެފުން ހާމަކުރައްވާފައިވަނީ މިތަމްރީންތައް ކުރިއަށްދާނީ މިއަދު އިރުއޮއްސި 18:30 އިން 21:00 އަށް ކ.ގިރިފުށީގައި ކަމަށެވެ. މިއަދުގެ ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ގިރިފުށީ ހުޅަނގު ދެކުނު ފަރާތުން 4100 މީޓަރު ދުރުމިނަށް ކަމަށާއި، އަދި ވަޒަން ދަތުރުކުރާނެ އުސްމިނަކީ 100 މީޓަރުކަމަށްވެސް އެމްއެންޑީއެފުން ހާމަކުރައްވައެވެ.

އެމްއެންޑިއެފުންވަނީ މިސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް އެދިވަޑައިގެންފައެވެ. އެމްއެންޑީއެފުން ހިންގާ ތަމްރީން ޕްރޮގްރާމްތަކުގައި ބަޑިޖެހުމުގެ ޙަރަކާތްތައް ކުރިއަށް ގެންދެއެވެ.

ދިވެހިރާއްޖޭގެ ދިފާޢީބާރު، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފްއިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއްގައި މިއަދު 5 އޮކްޓޯބަރުގައި ބަޑިޖެހުމަށް ހަމަޖެހިފައިވާތީ ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެދިވަޑައިގެންފިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Social Media Auto Publish Powered By : XYZScripts.com