އެސްއޯއީ ބޯޑު މެންބަރުން މާލީ ބަޔާން އާންމު ކުރަން ޖެހޭނެ

Spread the love

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުން ބޯޑުން އަމަލު ކުރަން ޖެހޭ ސުލޫކީ މިންގަނޑާއި ޝަކުވާ ހުށަހެޅުމާއި ފިޔަވަޅު އެޅުމާ ބެހޭ އުސޫލަށް ޢަމަލު ކުރަން ފަށައިފިއެވެ.

މި އުސޫލަށް ޢަމަލުކުރަން ފަށާފައިވާކަން ހާމަކޮށްފައިވަނީ އެސްއޯއީތަކުގެ ހިންގުމުގެ ރެގިއުލޭޓް ކުރާ ފަރާތް ކަމަށްވާ ޕްރައިވެޓައިޒޭޝަން ކޯޕްރަޓައިޒޭޝަން ބޯޑުންނެވެ. މި އުސޫލަށް ޢަމަލު ކުރަން ނިންމާފައިވަނީ މި ހިންގާ އޮކްޓޯބަރު މަހުގެ 3 ވީ އަނގާރަ ދުވަހުން ފެށިގެންނެވެ. މި އުސޫލު ފާސްކޮށްފައިވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހު ކަމަށް ޕީސީބީ މައުލޫމާތު ދެއެވެ.

މި އުސޫލު އެކުލަވާލުމުގެ މައިގަނޑު މަޤްޞަދަކީ ސަރުކާރު ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަން ކުރާ ޑިރެކްޓަރުންގެ ބޯޑުގެ މަޤާމުގެ ހައިސީއްޔަތުން އަދާ ކުރަން ޖެހޭ، ސުލޫކީ މިންގަނޑު ކަނޑައެޅުމާއި، ޑިރެކްޓަރުންގެ ނަޒާހަތްތެރިކާމާއި، ޖަވާބުދާރީ ކުރަނިވި ޕްރޮފެޝަނަލް މިންގަނޑުތަކެއްގައި މަސައްކަތް ކުރުމުގެ އިތުރުން، އެފަދަ މައްސަލަތައް ބެލުމަށް ޕީސީބީ އަށް ހުށަހަޅައި ބެލޭނެ ގޮތްތަކެއް ކަނޑައެޅުމެވެ. މީގެ އިތުރުން އަޅާނެ ފިޔަވަޅުތަކާއި އެފިޔަވަޅުތައް އަޅާނެ އިޖުރާތްތައް ކަނޑައެޅުންވެސް ހިމެނެއެވެ.

އަލަށް ކަނޑައެޅުނު އުސޫލުގެ ދަށުން، އެސްއޯއީތަކުގެ ޑިރެކްޓަރުންގެ މާލީ ބާޔާންތައް އެކުންފުންޏެއްގެ ވެބްސައިޓުގައި އާންމު ކުރަން ޖެހެއެވެ. މި ބަޔާންތައް މީލާދީ އަހަރުގެ ޖެނުއަރީ މަހުގެ 31 އަދި ޑިރެކްޓަރުންގެ ވިޔަފާރީގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އެކުންފުންޏެއްގެ ޑިރެކްޓަރުން ޝާމިލް ނުވުމާއި، އަދި ޑިރެކްޓަރުން ޢަމަލު ކުރަން ޖެހޭ އުސޫލުތައް ވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުރުން ޑިރެކްޓަރަކާއި މެދު ޝަކުވާ ހުށަހަޅާނެ ގޮތްތައްވާއިރު، ކާކުކަން ނޭނގޭ ގޮތަށް ޝަކުވާ ހުށަހެޅުމުގެ އިންތިޒާމު ޕީސީބީން ހަމަޖައްސައި ދޭން ޖެހޭނެ ކަމަށް އުސޫލުގައި ބަޔާން ކުރެއެވެ. އަދި ޑިރެކްޓަރުން ސަސްޕެންޑު ކުރުމާއި ވަކި ކުރުމާއި ގުޅޭކަންކަން ވެސް މި އުސޫލުގެ ތެރޭގައި ވަނީ ހިމެނިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Social Media Auto Publish Powered By : XYZScripts.com