ފުރަތަަމަ މެޗުގައި އީރާނުން ރާއްޖެކޮޅަށް 18 ލަނޑުޖަހައިފި

Spread the love

ފުޓްސަލް އޭޝިއަން ކަޕް ކޮލިފައިންގް ގުރޫޕް ސީގައި މިއަދު ހަވީރު ދިވެހިރާއްޖޭ އާއި އީރާން ވާދަކުރި މެޗު 18-2 ގެ ތަފާތުބޮޑު ނަތީޖާއަކުން އީރާނުން ކާމިޔާބުކޮށްފިއެވެ.

އޭޝިއާގެ ފުޓްސަލް ރަސްގެފާނު އިރާނަކީ މިހާތަނަށް ބެއްވުނު އޭޝިއަން ކަޕްގެ 16 މުބާރާތުގެ ތެރެއިިން 12 މުބާރާތުގެ ޗެމްޕިއަނުންނެވެ. އަދި އެޓީމު މިވަގުތު އޮތީ ދުނިޔޭގެ ރޭންކިންގެ 6 ވަނައިގައެވެ.

މިއަދުގެ މެޗުގެ ފުރަތަަމަ ހާފުގައި އީރާނުން 6 ލަނޑުގެ ލީޑެއް ނެގިއިރު، މިހާފުގައި ރާއްޖެ އިން ވަނީ ރަގަޅު ޑިފެންސިވް ކުޅުމެއް ދައްކަދީފައެވެ. ހާއްސަކޮށް މިހާފުގައި ރާއްޖޭގެ ގޯލްކީޕަރުގެ ފަރާތުން ވަނީ ތަފާތު މޮޅު ގިނަ ސޭވްތަކެއް ފެނިގެން ގޮސްފައެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ރާއްޖެ ޓީމުގެ ފުރަތަަމަ ލަނޑު ކާމިޔާބުކޮށްދިނީ އަލީ ހާފިޒް އެވެ. މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 6-1 ގެ ނަތީޖާއަކުން އީރާން ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ރާއްޖެ ޓީމުން ކުރިއަށްޖެހިގެން ކުޅެން އުޅުމުގެ ނަތީޖާއެއްގެ ގޮތުން އީރާނުން ވަނީ މިހާފުގައި އިތުރު 12 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގައި ރާއްޖެ ޓީމުން ކާމިޔާބުކުރި ދެވަނަ ލަނޑު ފަހުހާފުގައި ކަމިޔާބުކޮށްދިނީ ސީޔަހު އެވެ. މިއީ އަލީ ހާފިޒް އީރާނުގެ ތިން ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު މުޅިން ހުސްކޮށްލާފައި ޖައްސާލި ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 18-2 ގެ ނަތީޖާއަކުން އީރާން ކުރީގައި އޮވެގެންނެވެ. މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު އީރާނުން ކަމިޔާބުކުރީ 17-0 ގެ ނަތީޖާއަކުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

Social Media Auto Publish Powered By : XYZScripts.com