ދައުލަތުގެ ލިޔެކިޔުންތަކަށް ބަދަލު ގެންނަން އުޅޭ ކަމުގެ މައުލޫމާތު ލިބޭ: ފިރުޒުލް

Spread the love

ދައުލަތުގެ ހިސާބުކިތާބަށް ބަދަލު ގެންނަން އުޅޭ ކަމުގެ މައުލޫމާތު ލިބޭ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފިރުޒުލް ވިދާޅުވީ ދައުލަތުގެ ހިސާބުކިތާބަށް، ކުންފުނިތަކާއި މުއައްސަސާތަކުގެ ހިސާބުކިތާބަށް ބަައެއް ބަދަލު ގެނެސް، ކުރީގެ ތާރީހުތަކުގައި ރަސީދުތައް އުފެއްދުމާއި މިފަދަ ކަންތައްތައް ހިނގަމުންދާ ކަމަށް މައުލޫމާތު ލިބެމުންދާ ކަމަށެވެ.

އަދި މަރުހަލާގައި ދައުލަތުގެ ބައެއް ކުންފުނިތަކަށް އަލަށް މީހުން ވަޒީފާއަށް ނެގުމާއި ވަޒީފާގެ ކުރިއެރުންތައް ދެމުން އަންނަކަމުގެ މައުލޫމާތު ވެސް ލިބެމުންދާ ކަމަށާއި ސިވިލް ސާވިސް ކޮމިޝަނުގެ ދަށުގައި ނުހިމެނޭ ކުންފުނިތަކާއި އެހެނިހެން ދައުލަތުުގެ އިދާރާތަކުންވެސް އެ ކޮމިޝަނުގެ އެންގެވުމުގެ ރޫޙާ އެއްގޮތަށް މި މަރުހަލާގައި އަމަލުކުރުމަށް ސަމާލުކަން ދިނުމަށް ފިރުޒުލް ވަނީ އަންގާފައެވެ.

އަދި މި މަރުހަލާގައި އެގޮތަށް އަމަލުކުރުމަކީ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށް ވެސް ފިރުޒުލް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Social Media Auto Publish Powered By : XYZScripts.com