ހުއްދަ ހޯދައިގެން ނޫނީ ދެން ސަރުކާރު އޮފީސްތަކަށް މުވައްޒަފުން ނުނެގޭނެ


ހުއްދަ ހޯދައިގެން ނޫނީ ސަރުކާރުގެ އޮފީސްތަކަށް މުވައްޒަފުން ނުނެގުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ސާކިއުލަރއަކުން އަންގައިފިއެވެ.
ސީއެސްސީއިން ސަރުކާރު އޮފީސްތަކަށް ފޮނުވި ސާކިއުލާއެއްގައި ވަނީ މި އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅިގެން ވެރިކަން ބަދަލުވުމުގެ މަރުހަލާގެ މަސައްކަތްތައް އޮމާންކަމާއެކު ކުރިއަށްގެންދިއުމަށް ޖާގަ ދިނުމުގެ ގޮތުން، ސިވިލް ސަރވިސްގެ މަގާމުތަކަށް އިއުލާންކުރުމުގައި އާއި ވަޒީފާތަކަށް މުވައްޒަފުން ހަމަޖެއްސުމުގައި އައި މަގާމުގެ ކުރިއެރުންދިނުމާއި ގުޅޭ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި އަދި އިދާރާތަކުގެ އިދާރީ އޮނިގަނޑު އެކުލަވާލުމުގައި އެ ކޮމިޝަނުން ވަކިގޮތެއް އަންގަން ކަންތައް ކުރަންވީ ގޮތް ބަޔާން ކޮށްފައެވެ.
އެ ސާރކިއުލަރގައި ވަނީ، ޓީޗަރުންނާއި ޑޮކްޓަރުންނާއި ނަރުހުންނާއި މުދިމުންނާއި އިމާމުންގެ މަގާމުތަކަކީ، އެ ހިދުމަތްތައް މެދުނުކެނޑި ކޮންމެހެން ފޯރުކޮށްދިނުމަށް ބޭނުންވާ މަޤާމުތަކަކަށްވާތީ އެ މަގާމުތަކަށް މިހާރުވެސް ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން މުވައްޒަފުން ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށެވެ. އެ މަޤާމުތައް ފިޔަވާ މިހާރު ކޮންމެހެން އިއުލާންކުރުމަށް ބޭނުންވާ މަގާމެއް ނަމަ، ސަބަބު ބަޔާންކޮށް ކޮމިޝަނަށް ލިޔ،ެ ހުއްދަ ހޯދުމަށްފަހުގައި މެނުވީ އިއުލާނު ނުކުުރުމަށް ވެސް އަންގާފައިވެއެވެ.
ހަމައެހެންމެ މިހާތަނަށް އިޢުލާންކޮށްފައިވާ މަގާމުތަކުގެ ތެރެއިން ވަޒީފާގެ ހުށަހެޅުން (އޮފަރލެޓަރ) ދީފައިނުވާ މަޤާމުތަކަށް ވަޒީފާ ހަމަޖެއްސުން މަޑުޖައްސައިލުމަށް އަންގާފަައިވާއިރު، މި މަގާމުތަކުގެ ތެރެއިން މުވައްޒަފަކު ވަކިވުމާ ގުޅިގެން ހުސްވެފައިވާ މަގާމުތައް ނުވަތަ މިހާރު ކޮންމެހެން މީހަކު ބޭނުންވާ މަގާމެއް ނަމަ، ސަބަބު ބަޔާންކޮށް ކޮމިޝަނަށް ލިޔެ ހުއްދަ ހޯދަން އަންގާފައިވާއިރު، އިދާރާތަކުގެ އިދާރީ އޮނިގަނޑު މުރާޖައާކުރުމާއި، އައު މަގާމުތައް އުފެއްދުމާއ،ި އިދާރީ އޮނިގަނޑަށް އަލަށް ދެވިފައިވާ މަގާމުތަކަށް މީހުން ހޯދުން މަޑުޖައްސައިލުމަށްވެސް އަންގާފައި ވެއެވެ.
އެ ކޮމިޝަނުން ވަނީ އިންޓަރނަލީ އިއުލާންކޮށްގެން ވަޒީފާގެ ކުރިއެރުން ދިނުމަށް ހަމަޖެހިފައިވާ އޮނިގަނޑުތަކުގެ މަގާމުތަކަށް މިހާތަނަށްކޮށްފައިވާ އިއުލާންތަކާއި ގުޅިގެން ކުރިއެރުން ދިނުން މަޑުޖައްސައިލަން އަންގާފައެވެ. އަދި މި ފަދަ މަޤާމުތަކަށް އިތުރަށް އިއުލާން ކުރުން މިހާރަށް މަޑުޖައްސައިލަންެވެސް އަންފައި ވެއެވެ.
