ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ތުރުކުރައްވަން ހާއްސަ ގައުނެއް!


ސުޕްރިމް ކޯޓްގެ ފަނޑިޔާރުން ޝަރީއަތުގެ މަޖިލީހުގައާއި އެކިއެކި މުނާސަބަތުތަކުގައި ތުރުކުރައްވަން ގައުނެއް ނުވަތަ ހާއްސަ ހެދުންކޮޅެއް ތައާރަފްކޮށްފިއެވެ.
ސުޕްރީމް ކޯޓުން ބުނީ މިހާތަނަށް އައިއިރު ޝަރުއީ ދާއިރާއާއި އެ ކޯޓު ރަމްޒުކޮށްދޭ ގައުނެއް ބޭނުންކޮށްފައި ނުވާކަމަށެވެ. އަދި މި ތައާރަފްކުރި ގައުނަކީ ސުޕްރީމް ކޯޓާއި ޝަރުއީ ދާއިރާ ރަމްޒުކޮށްދޭ ގައުނެއްކަމަށް އެ ކޯޓުން ބުނެއެވެ.
މި ގައުންތައް ފަރުމާކުރެވިފައި ވަނީ ދިވެހި ތާރީހާއި އިސްލާމީވަންތަކަން އަދި ޝަރުއީ ދާއިރާ ރަމްޒުކޮށްދޭގޮތަށެވެ. އެގޮތުން ގައުންގައި ހުރި ބައެއް ފަރުމާތަކަކީ ހުކުރު މިސްކިތުގެ ހިރިގަލުގައި ހުރި ފަރުމާތައް އަސްލަކަށް ބަލައިގެން ފަރުމާކޮށްފައިވާ ޑިޒައިންތަކެކެވެ.
