ސާޓާގައި ރާއްޖެ އަށް 31 އެވޯޑެއް

Spread the love

މި އަހަރުގެ ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސް ސާޓާ ގައި ލީޑިން ބީޗް ޑެސްޓިނޭޝަން ހިމެނޭ ގޮތަށް ޖުމްލަ 31 އެވޯޑެއް ރާއްޖެ އަށް ލިބިއްޖެ އެވެ.

ރާއްޖޭގެ މަޝްހޫރު ކުންފުނި ހައިރައިޒް މޯލްޑިވްސް އިންތިޒާމުކުރާ މި އެވޯޑްގެ 7 ވަނަ އެޑިޝަން މި ފަހަރު ބޭއްވީ އިންޑިއާގަ އެވެ. ރޭ އެވޯޑް ހަފުލާ އޮތީ ބެންގަލޫރުގެ ހުންނަ ޝެރެޓަން ގްރޭންޑް ހޮޓެލްގަ އެވެ.

ސާޓާ އަކީ ދެކުނު އޭޝިޔާ ސަރަޙައްދުގައި ޓޫރިޒަމް ދާއިރާގެ ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ.

ސާޓާގައި އަބަދު ވެސް ގިނަ ކެޓަގަރީތަކުން އެވޯޑްތައް ހޯދަމުން އަންނަ ރާއްޖެ އަށް މި ފަހަރު ލިބުނު އެވޯޑްތަކުގެ ތެރޭގައި 14 ގޯލްޑް އެވޯޑާއި 17 ސިލްވަ އެވޯޑް ހިމެނެ އެވެ.

މި ފަހަރު ރާއްޖެ އަށް ވިޒިޓާސް ޗޮއިސް އެވޯޑްސް އިން ރާއްޖެ އަށް ލީޑިން ބީޗް ޑެސްޓިނޭޝަންގެ އެވޯޑް ވެސް ލިބިފައެވެ. މިއީ އާންމުންގެ ހިޔާލަށް ބިނާކޮށް ދޭ އެވޯޑެކެވެ.

ސާޓާގައި ވަނީ ދެކިުނު ސަރަހައްދުގައި ޓޫރިޒަމް ދާއިރާގައި ސިނާއަތުގައި ދިގު މުއްދަތަކަށް އަގުހުރި ޚިދުމަތްތަކެއް ކޮށް ދެއްވާފައިވާ 4 ބޭފުޅަކަށް “ފޭސަސް އޮފް ސައުތު އޭޝިއާ” އެވޯޑް ވެސް ދީފަ އެވެ. މީގެ ތެރޭގައި ރާއްޖޭގެ ދެ ބޭފުޅަކު ހިމެނެ އެވެ. އެއީ އެމްޔޫ އުމަރު މަނިކާއި، ހޮޓެލްސް އެންޑް ކޮންސްޓްރަކްޝަންގެ ޗެއާމަން މުހައްމަދު އަލީ ޖަނާހެވެ.

މި އަހަރުގެ ސާޓާގައި ދެކުނު އޭޝިއާގެ 6 ގައުމަކުން ވާދަކުރި އެވެ. އެއީ ރާއްޖެ، އިންޑިއާ، ސްރީ ލަންކާ، ނޭޕާލް، ބޫޓާން އަދި ބަނގްލަދޭޝް އެވެ.

Leave a Reply

Your email address will not be published. Required fields are marked *

Social Media Auto Publish Powered By : XYZScripts.com