ޔަހޫދީން ރާއްޖެއަށް އެތެރެވުން މަނާ ކުރުމަށް ގޮވާލާ ގަރާރެއް މަޖިލީހަށް!


ޔަހޫދީ ދައުލަތަށް ނިސްބަތްވާ މީހުން ރާއްޖެއަށް އެތެރެވުން މަނާ ކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.
ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން މަޖިލީހަށް ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވަނީ ޔަހޫދީން ފަލަސްތީނުގެ އެކި ސަރަހައްދުތަކަށް ބޮން އަޅާ، މުޅި ގައުމު ސުންނާފަތި ކުރުމަށް ފަލަސްނަން ދެމުންގެންދާ އުދުވާނީ ހަމަލާތަކަކީ ބައިނަލް އަގްވާމީ މުއާހަދާތަކާއި ގާނޫނުތަކާއި ހިލާފަށް ހިންގާ ނިރުބަވެރި ހަމަލާތަކެއްކަމަށް ގަބޫލުކުރެވޭ ކަަމަށެވެ.
އަދި ޔަހޫދީން މިހާރު ހިންގަމުން ދަނީ ފަލަސްޠީނުގެ މުސްލި ދަރިފަސްކޮޅު ނައްތާލަން ހިންގާ އިންސާނިއްޔަތާއި ހިލާފު ބޮޑު ޖަރީމާއެއް ކަމަށް ދެކޭ ކަަމަށްވެސް ބުނެފައި ވެއެވެ. މިހާރު ޔަހޫދީން ހިންގަމުން ދަނީ އިންސާނީ ދަރިފަސްކޮޅު ނައްތާލުމަށް ހިންގާ ބޮޑު ޖަރީމާއެއް ކަމަށާއި، މި އަމަލުތައް ހުއްޓުވުމަށް އދ.ގެ ސެކިއުރިޓީ ކައުންސިލާއި އިންސާނި ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށް ރާއްޖޭގެ ފަރާތުން އަޑުއުފުލުމަކީ މުހިންމު ކަމެއް ކަމަށް ދެކޭ ކަމަށްވެސް ބުނެފައި ވެެއެވެ.
އޭގެ އިތުރުން ފަލަސްތީނުގެ ރައްޔިތުން ކިބައިން ނިގުޅައިގަނެފައިވާ އިންސާނީ ހައްގުތައް އިޔާދަކޮށް އަސާސީ ހިދުމަތް މެދު ނުކެނޑި ފޯރުކޮށްދިނުމުގެ އިންތިޒާމް ބައިނަލް އަގްވާމީ މުޖުތަމައު ގުޅިގެން ހަމަޖެއްސުމަށް އދގެ މެންބަރު ހުރިހާ ގައުމުތަކަށް ރާއްޖޭ ގާނޫނު ހަދާ މަޖިލީހުން ގޮވާލާ ގަރާރު ފާސް ކުރުން މުހިންމު ކަމެއް ދެކޭ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
