ދަނގެތިން މަހަށް ނުކުތް މީހަކު ގެއްލިގެން ހޯދަނީ


އދ.ދަނގެތިން މަހަށް ދިޔަ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
އެމްއެންޑީއެފުން ވިދާޅިވީ ދަނގެތިން ކުޑަ އިންޖީނު ދޯންޏެއްގައި މަހަށް ނިކުތް މީހަކު ގެއްލިގެން އެމީހާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށައިފައިވާ ކަމަށެވެ.
މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު 11:42 ހާއިރުކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަހަށް ދިޔަ ގޮތަށް ޚަބަރެއް ނުވެގެން ހޯދަމުން އަންނަނީ، ދަނގެތި، މޫންލައިޓް، ޔޫސުފް އިބްރާހީމެވެ.
އެ މީހާ މަހަށް ފުރީ މިއަދު ފަތިހުގެ ވަގުތެއްގައި ކަމަށާއި، އަދި އެއީ އަބަދު ވެސް މަހަށް ނުކުމެ އުޅޭ މީހެއް ކަމަށް މައުލޫމާތުލިބެއެވެ
