ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ގިނަ މުވައްޒަފުން ތިބީ ފެނަކަ ކޯޕަރޭޝަންގައި ކަމަށް ބުނެފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި ފެނާއި ކަރަންޓާއި ނަރުދަމާގެ ހިދުމަތް މައިގަނޑު ގޮތެއްގައި ދޭ ކުންފުނީގެ މުވައްޒަފުންގެ އަދަދު 7،000 އަށް ވުރެ ގިނަ އެވެ.
އެގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުނީގެ މުވައްޒަފުންގެ ޖުމްލަ އަދަދު 7،379 އަށް އަރަ އެވެ. އެއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތް އަހަރު ކަމަށްވާ 2018 ވަނަ އަހަރާ އަޅާބަލާ އިރު 62 ޕަސެންޓު އިތުރުވުމެކެވެ. އެ އަގަރުގެ ނޮބެމްބަރު މަހުގެ 17 ގައި ރައީސްކަމާ ހަވާލުވެވައިގަތުމުގެ ކުރިން ފެނަކައިގައި ތިބީ ޖުމްލަ 2,756 މުވައްޒަފުންނެވެ.
ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ދެވަނަ އަށް މިހާރު މުވައްޒަފުން އެންމެ ގިނަ ކުންފުންޏަކީ ރާއްޖޭގައި ބޮޑެތި މަޝްހޫރުތައް ހިންގަމުން އަންނަ އެމްޓީސީސީގަ އެވެ. އެގޮތުން މި އަހަރުގެ މާޗް މަހާ ހަމައަށް އެ ކުންފުނީގައި 4,115 މުވައްޒަފުން އެބަތިއްބެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓަރާ ހަމަޔަށް ސަރުކާރު ކުންފުނިތަކުގައި ޖުމްލަ 32،576 މުވައްޒަފުން ތިބި ކަމަށް ޕީބީސީން ބުންޏެވެ. އެގޮތުން ރައީސް ސޯލިހުގެ ދައުރުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން 13,900 އަށް ވުރެ ގިނަ ވަޒީފާ އުފައްދާފައިވެ އެވެ.