ފީނަން ގޮސް އުޅުނު ދުވާފަރު މީހަކު ނިޔާވެއްޖެ


ރ. ދުވާފަރުގައި ފީނަން ގޮސް އުޅުނު މީހަކު ނިޔާވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައިވަނީ އުމުރުން 51 އަހަރުގެ އިސްމާއީލް މޫސާއެވެ. އަދި އޭނާ މިހާރުވަނީ އުނގޫފާރު ހޮސްޕިޓަލަށް ގެންގޮސްފައެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އުނގޫފާރު ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އިސްމާއީލް މޫސާ ވަނީ ނިޔާވެފައެވެ..
މި ހާދިސާ އާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ރ. އަތޮޅު ޔޫ އެންޑް މީ ރިސޯޓު ކައިރިއަށް ފީނަން ފޭބި މީހަކު ޚަބަރު ހުސްވެގެން އުނގޫފާރު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އެ ހާދިސާގެ ރިޕޯޓު އެ އިދާރާ އަށް ލިބިފައިވަނީ މެންދުރުފަހު 2:12 ހާއިރު ކަމަށެވެ.
މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ވެސް އެ އިދާރާ އިން ވިދާޅުވެއެވެ.
