މުއިއްޒުގެ ގެކޮޅުގެ ބޭރުގައި ފަލަސްތީނުގެ ބޮޑު ދިދައެއް

Spread the love

ރާއްޖޭގެ އިންތިހާބީ ރައީސް ޑރ. މުހައްމަދު ފަލަސްތީނާ އެކީ ހުންނެވިކަން ހާމަކުރެއްވުމުގެ ގޮތުން އެ މަނިކުފާނުގެ ގެކޮޅުގެ ބޭރުގައި ބޮޑު ދިދައެއް ދަމައިފި އެވެ.

މ. ދިމްޔާތުގެ ގޭގެ ބޭރުގެ އަރިމަތީގެ އެއް ފަރާތުގައި “ފްރީ ފަލަސްތީނު” ލިޔެފައިވާ ދިދައެއް އެލުވާފައިވެ އެވެ.

އަނިޔާވެރި ޔަހޫދީ ދައުލަތް، އިޒްރޭލުން މި މަހުގެ 7 އިން ފެށިގެން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ކުށްވެރިކޮށް ވަގުތުން ވަގުތަށް އެކަން ހުއްޓާލަން ރާއްޖެ އިން ގޮވާލާފައިވެ އެވެ. އެގޮތުން މިކަމަށް އިޝާރާތްކުރައްވައި މުއިއްޒު ވިދާޅުވެފައި ވަނީ ރާއްޖެ އާއި ރާއްޖޭގެ ރައްޔިތުން އަބަދު ވެސް ތިބޭނީ ފަލަސްތީނުގެ މުސްލިމު ރައްޔިތުންނާ އެކީގައި ކަމަށާއި ދިވެހިންގެ ހެޔޮދުއާ ފަލަސްތީނާ އެކީގައިވާނެ ކަމަށެވެެ.

ރާއްޖޭގެ އިލްމުވެރިންނާ އެކީ އިއްޔެ މުއިއްޒު ބޭއްވި ބައްދަލުވެއްގައި ވެސް މި ވާހަކަ ތަކުރާރު ކުރައްވައި، މުސްލިމުންގެ ދިފާއުގައި ހައްގުބަސް ބުނުމުގައި ސާބިތުވެ ތިބެން ޖެހޭ ކަމަށް ވިދާޅުވި އެވެ. މުއިއްޒު ވިދާޅުވީ ދިވެހިންނަކީ އެކަކު އަނެކަކު ދެކެ ލޯބިވާ ފަދައިން މުޅި ދުނިޔޭގައި ތިބި މުސްލިމުންނާއި މެދު ވެސް ލޯބިވާ ބައެއް ކަމަށާއި ފަލަސްތީނުގެ މުސްލިމުންނާ މެދު ކަންކަން ވަމުންދާ ގޮތުން އެ ފަރާތްތަކަށް އެހީވުމަށް ގިނަ ކަންތައްތަކެއްކޮށް ހައްގުބަސް ބުނަން ކެރެން ޖެހޭ ބަޔަކަށް ވާން ޖެހޭ ކަމަށެވެ.

“ހައްގު ވާނީ ހައްގަށް. ބާތިލު ވާނީ ބާތިލަށް. މިއީ ސާފުކޮށް އޮތް އެއްޗެއް. އަޅުގަނޑުމެން އެބަޖެހޭ ބައިނަލްއަގުވާމީ ދުނިޔޭގައި ތިބި މުސްލިމުންނާއި ދޭތެރޭގައި ވެސް މި ދެންނެވި ބީދައިން ހައްގު މަގުގައި ތެދުވެ ކަންކަން ކުރަން ކެރޭ ބަޔަކަށް ވާން،” މުއިއްޒު ވިދާޅުވި އެވެ. “މާތްﷲ ނަސްރު ދެއްވާނީ ހައްގު މަގުގައި ތިބޭ މީހުންނަށް.”

މުއިއްޒު ރައީސްކަމުގެ ހުވާ ކުރައްވާނީ އަންނަ މަހުގެ 17 ގަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

Social Media Auto Publish Powered By : XYZScripts.com