ދެ ކުއްޖެއްގެ ގަޔަށް ނުބައި ވެކްސިނެއް ޖެހި ނަރުހަށް ފިޔަވަޅެއް ނާޅާ!


ނ. ކެނދިކުޅުދޫ ހޮސްޕިޓަލުން ކުޑަ ދެކުދިން ގަޔަށް ނުބައި ވެކްސިނެއް ޖެހި ނަރުހަށް އަދިވެސް އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށް އެރަށު ހޮސްޕިޓަލުން ބުނެފިއެވެ.
މި މަހުގެ 10 ވަނަ ދުވަހު ކެނދިކުޅުދޫ ހޮސްޕިޓަލުން އައިޕީވީ ވެކްސިނުގެ ބަދަލުގައި އެޗްޕީވީ ވެކްސިގެން ޖަހާފައި ވަނީ ހަ މަހުގެ ކުޑަ ކުއްޖަކަށާއި އަދި އެހެން ކުޑަކުއްޖެއްގެ ގަޔަށެވެ.
އޮންލައިން ނޫހަކަށް މައުލޫމާތު ދެމުން ކެނދިކުޅުދޫ ހޮސްޕިޓަލުގެ މެނޭޖަރު އަލީ ރިޒާ ވިދާޅުވީ އެކުދިންނަށް ޖެހުނީ ނުބައި ވެކްސިނެއްކަން އެނގުނީ ވައިލްތައް އުކާލަނިކޮށް ކަމަށެވެ. އަދި އޭރު އެކުދިން ގެއަށް ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އަމިއްލަގޮތުން އިއްޔެ ހެލްތް މިނިސްޓްރީއަށް މައްސަލަ ހުށަހަޅައި އީމެއިލްއެއް ކޮށްފައި ވާނެ ކަމަށާއި އެ އިދާރާގެ އެއްވެސް ޖަވާބެއް އަދި ލިބިފައި ނުވާ ކަމަށް ވިދާޅުވިއެވެ.
