ފުލުހުން ޓޯ ކުރި ކާރެއްގެ މައްސަލާގައި ކާރުގެ ވެރިފަރާތަށް 250،000ރ. ގެ ބަދަލެއް ދޭން ފުލުހުންގެ މައްޗަށް ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.

ސިވިލް ކޯޓުން އެގޮތަށް ހުކުމްކުރީ 2019 ވަނަ އަހަރު ޓޯ ކުރި ކާރެއްގެ އެ މައުލޫމާތު އާންމު ކުރުމެއް ނެތި އަދި އެ ކާރުގެ ވެރިފަރާތަށް ވެސް ނޭނގި ނައްތާލުމުންނެވެ. ފުލުހުން ޓޯ ކުރާ އުޅަނދުތައް ނައްތާލުމުގެ ކުރިން އެ އުޅަނދެއްގެ މައުލޫމާތު އާންމުކޮށް އަދި ހަވާލުވުމަށް 60 ދުވަސް ދޭންޖެހެ އެވެ.

ކާރުގެ ވެރިފަރާތުން ސިވިލް ކޯޓުގައި ދައުވާ ކުރުމުން ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ ޓޯ ކުރާ އުޅަނދުތައް ނައްތައިލުމުގެ ކުރިން އުޅަނދުގެ މައުލޫމާތު އާންމު ކުރަންޖެހޭނެ ކަމަށް ގާނޫނުގައި ބުނާއިރު، އެ ކާރު ޓޯ ކުރި ކަން ފުލުހުން އާންމުކުރީ ކާރު ނައްތާލި ފަހުގެ ތާރީހެއްގައި ކަމަށެވެ.

ފުލުހުންގެ އެ އަމަލުގެ ސަބަބުން ކާރުގެ ވެރިފަރާތަށް އޭނާގެ މުދަލެއް ގެއްލިފައިވާތީ އެ ބްރޭންޑްގެ ކާރެއްގެ އަގު ކަމަށްވާ 250،000ރ. އެއް މަސް ތެރޭގައި ދައުލަތުން ކޯޓަށް ދައްކަން ހުކުމުގައި އަންގާފައިވެ އެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *