ގުރޭޑު 6 ގެ ދިވެހި ފޮތުގައި އިޒްރޭލަކީ ގައުމެއްގެ ގޮތަށް ލިޔެފައި އޮތުމުން ރައްޔިތުންގެ ނުރުހުން!

Spread the love

ރާއްޖޭގެ ސުކޫލުތަކުގެ ގުރޭޑް 6 ގައި ދިވެހި މާއްދާ ކިޔަވައިދިނުމަށް ބޭނުންކުރަމުންދާ ދިވެހި ދަރިވަރުންގެ ފޮތުގައި އިސްރާއީލް އަކީ ގައުމެއްގެ ގޮތުގައި ލިޔެ، ފިލާވަޅެއް ދީފައި އޮތުމުން ގިނަ ބައެއްގެ ނުރުހުން ސަރުކާރަށާއި އެޑިއުކޭޝަން މިނިސްޓްރީއަށް އަމާޒުވެއްޖެ އެވެ. 

މި މައްސަލަ މިއަދުގެ ވަގުތެއްގައި އާއްމުންގެ ސަމާލުކަމަށް މީހަކު ގެނެސްފައިވާއިރު، އެފަދަ ފިލާވަޅެއް ހިމަނާފައިވަނީ ގުރޭޑް 6 ގެ ދިވެހި ދަރިވަރުންގެ (ހ) ފޮތުގެ ޞަފުޙާ ނަންބަރު 71 ގައެވެ. 

އެކި ގައުމުތަކުގެ މީހުން އަޅަމުންދާ ސަގާފީ ހެދުމުގެ ތެރެއިން އެގައުމެއްގެ ހެދުން ހިމެނޭ ނަންބަރު ގައުމުގެ ނަމުގެ ކައިރީގައި ލިޔުމަށް އެ ފިލާވަޅުގައި ބުނެފައިވާއިރު، އޭގެ އެންމެ ފުރަތަމަ ވެސް އިން “ގައުމަކީ” އިޒްރާއީލް އެވެ.

މިކަން އާއްމުންގެ ސަމާލުކަމަށް އައުމާއިއެކު ގިނަ ބަޔަކު އަންނަނީ އެކަމާއި ގުޅިގެން ނުރުހުން ފާޅުކުރަމުންނެވެ. 

އެގޮތުން އެކަމާއި ގުޅިގެން މީހަކު ކޮށްފައިވާ ޕޯސްޓެއްގައި ވަނީ އިޒްރޭލް އަކީ ދައުލަތެއް/ޤައުމެއް ނޫން ކަމަށް ބުނެފައެވެ.

“އެއީ ފަލަސްޠީނުގެ ބިން ފޭރިގަނެ، އެތަން އަޅުވެތިކޮށްގެން ތިބި ޓެރަރިސްޓު އިސްތިޢުމާރީ ބައިގަނޑެއް. މިގޮތަށް މުޤައްރަރުގައި ހިމެނުމުގެ ބޭނުމަކީ އެއީ ލެޖިޓިމޭޓް ދައުލަތެއްކަން ކުދިންގެ ސިކުނޑިތަކަށް ވިސްނައިދިނުން. މުސްލިމެއްކަމުގައިވެ ހުރެ، އެއީ ދައުލަތެއް ކަމުގައި ބަލައިގަތުމަކީ الله އާއި އެއިލާހުގެ ރަސޫލާއަށް ވެވޭ ޚިޔާނާތެއް.”

މީގެ އިތުރުން އެހެން މީހަކު ކޮށްފައިވާ ކޮމެންޓެއްގައިވެސް، އިސްރާއީލް އަކީ ގައުމެއް ނޫން ކަމަށާ، އެއީ ގައުމަކަށް ވެރިވެގެން އުޅޭ ބައިގަނޑެއް ކަމަށް ބުނެފައިވެއެވެ. 

އިޒްރޭލު ގައުމެއްގެ ގޮތުގައި ލިޔެފައި ވުމުން ނުރުހުން ފާޅުކުރި އިތުރު މީހަކު ވަނީ ސުކޫލުތަކުގެ ދަރިވަރުންނަށް ކިޔަވައިދޭންޖެހޭނީ ތެދު ހަގީގަތް ކަމަށް ބުނެފައެވެ. އަދި ހަގީގަތާއި ޚިލާފް އެފަދަ ވާހަކަތައް ލިޔުމަކީ ވެވޭ ޚިޔާނާތެއް ކަމަށްވެސް އޭނާ ބުނެފައިވެއެވެ. 

“ޔަހޫދީންނަކީ މުސްލިމުންގެ ޢަދުއްވުން. އެމީހުންގެ މިއްލަތަށް ތަބާނުވާހާ ހިނދަކު އެމީހުން މުސްލިމުންނަކާ ނުރުހޭނެ. މިވާހަކަތައް ދަރިންނަށް ކިޔައިދޭންވީ. އެމީހުން ފަލަސްތީނުގެ ދަރިން މަރާ ވާހަކަ ކިޔައިދޭންވީ. އެމީހުން ފަލަސްޠީނުގެ ބިންތައް ފޭރިގެންފައިވާ ވާހަކަ ކިޔައިދޭންވީ. އެމީހުން މަސްޖިދުލް އަޤުޞާގެ ހުރުމަތް ކަނޑާލި ވާހަކަ ކިޔައިދޭންވީ. އެމީހުން މަސްޖިދުލް އަޤުޞާ ނެތިކޮށްލަން މަސައްކަތް ކުރާ ވާހަކަ ކިޔައިދޭންވީ.” 

އިޒްރޭލަކީ ގައުމެއްގެ ގޮތުގައި ރާއްޖޭގައި ކިޔަވައިދޭ ފޮތެއްގައި ސިފަކޮށްފައި ވާއިރު، ތާރީޚީ ގޮތުން ބެލި ނަމަވެސް، އަދި ދީނީ ގޮތުން ބެލި ނަމަވެސް އެއީ ގައުމެއް ނޫންކަން އެނގި ހާމަވެއެވެ. އަދި އިޒްރޭލުގެ ޔަހޫދީން ދިރިއުޅެމުންދަނީ ފަލަސްޠީނުގެ މުސްލިމުންގެ އަތުން ފޭރިގެންފައިވާ ބިމެއްގައި ކަމަށްވާއިރު، އެމީހުން ފޭރިގަތް ބިމަށް، ހުޅަނގުގެ ގައުމު ތަކުގެ އެހީގައި،  “އިޒްރާއިލް” ކިޔައި ދައުލަތެއް ގާއިމް ކޮށްގެން އުޅުނު ނަމަވެސް ހަގީގަތް އޮޅުވާ ނުލެވޭނެކަމަށް ގިނަ މުސްލިމުން އަންނަނީ ބުނަމުންނެވެ. 

އަދި މިފަހަކަށް އައިސް އިޒްރޭލުން ފަލަސްތީނުގެ މުސްލިމުންގެ ވަސްވެސް މި ބިމުން ފޮހެލުމަށް ކުރަމުންދާ ލާ އިންސާނީ ޖަރީމާތަކުގެ ސަބަބުން، ފަލަސްޠީން މިނިވަންކޮށް އެމީހުން އަތުން ފޭރިގެންފައިވާ ބިންތައް އަލުން ދިނުމަށް މުސްލިމުން ގޮވަމުންދާ ގޮވެލީގެ އަޑު ވަނީ ވަރަށް ގަދަވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Social Media Auto Publish Powered By : XYZScripts.com