މަކުނުދޫގައި އެއްޗެއް ގޮވައި ދެ މީހުން މަރުވެއްޖެ

Spread the love

ހދ. މަކުނުދޫގައި ގޭސް ފުޅިއެއް ގޮވުމުގެ ސަބަބުން މަރުވި ދެ މީހުންގެ ހަށިގަނޑުގެ ބައިތައް ހުރީ ޗިސްޗިސްވެ އެތައް ފޫޓެއް ދުރަށް ބުރައިގެންގޮސްފައި ކަމަށް އެ ރަށު މީހުން ބުނެފި އެވެ.

މަކުނުދޫ މަސް މާރުކޭޓު ކައިރީގައި ހުރި ގޭސް ސިލިންޑަރެއް ގޮވައި މަރުވެފައި ވަނީ އެރަށު އެއާޕޯޓުގެ ބިން ހިއްކުމުގެ މަސައްކަތުގައި އުޅުނު ބިދޭސީ ދެ މުވައްޒަފަކެވެ. ކާކުކަން ނޭނގޭ ވަރަށް އެމީހުންގެ ހަށިގަނޑު ވަނީ ކުދިކުދި ވެފަ އެވެ.

އެރަށުން ވާހަކަ ދެއްކި މީހުން ބުނިގޮތުގައި ގޭސް ފުޅި ގޮވުމުން ބާރު އަޑުފަށްގަނޑާ އެކު މުޅި ރަށަށް ގުނޑުން އެރި އެވެ. އަދި މަރުވި މީހުންގެ ގުނަވަންތަކުގެ ބައިތައް ޗިސްޗިސްވެ ގާތްގަނޑަކަށް 200 ފޫޓަށް ބުރައިގެންގޮސްފައިވާ ކަމަށް އެރަށު މީހުން ބުނެ އެވެ.

އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެކަކު އަތުގެ އުޅަބޮއްޓާ ހިސާބުން ވަކިވެ އަނދާފައިވާއިރު، އެކަކުގެ ބޮލުގެ ބައެއް ވެސް ވަރަށް ދުރަށް ބުރައިގެން ގޮސްފައިވެ އެވެ. ނަމަވެސް އެއީ ކާކުކަން ނޭނގޭ މިންވަރަށް އޮތީ އަނދައިފަ އެވެ.

ވަކިވެފައިވާ ބައެއް ގުނަވަންތައް ފޮރުވުމަށްޓަކައި އޭގެ މަތީގައި ފަތް އަޅާ ފޮރުވާފައި ވެސް ހުއްޓެވެ.

އެ ހާދިސާގައި އެރަށުގެ ބަނދަރު މަތީގައި ހުރި އިމާރާތެއްގެ ބިއްލޫރިގަނޑު ވެސް ވަނީ އެއްކޮށް ތަޅައިގެން ގޮސްފައިވާއިރު އިމާރާތުގެ ސީލިންގުގެ ބައެއް ވެސް އޮތީ ވެއްޓިފަ އެވެ. މަރުވި އެކަކުގެ ހަށިގަނޑުގެ އެއްބައި އޮތީ ވެސް އެ އިމާރާތް ކައިރިއަށް ވެއްޓިފަ އެވެ.

ގޮޮވުމުގެ ސަބަބުން އިމާރާތެއްގެ ބިއްލޫރިތައް ތަޅައިގެން ގޮސްފައި

އެ ގޮވުމުގެ ބާރުގަދަ ކަމުން، ބަނދަރުގައި އަޅާފައި އޮތް ދޯންޏެއްގެ ގެގަނޑުގެ ބިއްލޫރިތައް ވެސް ތަޅައިގެން ގޮސްފައިވެ އެވެ.

އެ ގޮވި ސިލިންޑަރަކީ އަވީގައި ހުންނަތާ ގިނަ ދުވަސްވެފައިވާ ސިލިންޑަރެއް ކަމަށްވެ އެވެ.

އެ ހާދިސާއާ ގުޅިގެން އެމްއެންޑީއެފުން ބުނީ ފުލުހުންނާ ގުޅިގެން މައްސަލަ ބަލަމުންދާ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

Social Media Auto Publish Powered By : XYZScripts.com