ނުވިކި ހުރި ވިނަރެސް ފްލެޓްތައް ވިއްކަން ތައްޔާރުވެއްޖެ

Spread the love

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ވިނަރެސް ފްލެޓްތަކުން ނުވިކި ހުރި ތަންތަން ގަންނަން ބޭނުންވާ މީހުންނަށް ފުރުސަތު ހުޅުވާލަން އެޗްޑީސީން ނިންމައިިފިއެވެ.

އެޗްޑީސީން  ކުރި އިއުލާނެއްގައި ބުނީ ވިނަރެސް ފުލެޓް ގަތުމަށް އެދި ފޯމު ހުށަހަޅާފައިވާ މީހުންގެ ތެރެއިން ފްލެޓު ގަތުމަށް ޝަރުތުހަމަވާ މީހުން ބެލުމަށް ފަހު ވެސް ބާކީ ފުލެޓުތަކެއް ނުވިކި ހުންނާނެކަމަށް އަންދާޒާކުރެވިފައިވާ ކަމަށާއި، ފްލެޓާ ގުޅުންހުރި މަރުހަލާތައް މި މަހުގެ ނިޔަލަށް ނިމުމުން މާލީ ގާބިލިއްޔަތުކަން ފުރިހަމަނުވާ ފަރާތްތަކާއި ފްލެޓް އިހުތިޔާރު ކުރަން ހާޒިރުނުވާ މީހުންގެ ފޯމް ބާތިލުކުރާނެ ކަމަށެވެ.

ނުވިކި ހުރި ފްލެޓްތައް ވިއްކަން ހުޅުވާލާނީ އަންނަ މަހުގެ ފަސްވަނަ ދުވަހުއެވެ.

Million eh varu kuda vaa gothah Vinares ge interest kudakoffiވިނަރެސް އަކީ 13 ބުރީގެ 10 ޓަވަރު ހިމެނޭ ގޮތަށް ތިން ކޮޓަރީގެ 1،344 ފްލެޓް ހިމެނޭ ހައުސިން މަޝްރޫއެކެވެ. ވިނަރެސް ފްލެޓްތަކަށް ކުރިމަތިލާން ފުރަތަމަ ހުޅުވާލުމުން 1،413 ފަރާތަކުން ފޯމު ހުށަހެޅި އެވެ. “ވިނަރެސް” މަޝްރޫއުގައި ހިމެނޭ ހުރިހާ ޓަވަރެއްގައި ވެސް ހުންނާނީ ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ. އެއީ ހަތަރު ވައްތަރެއްގެ އެޕާޓްމަންޓްތަކެކެވެ. އެ ތަނުގައި ހިމެނެނީ މެރީނާ ވިއު އާއި އިނާ ވިއު އަދި އައުޓާ ވިއުގެ އިތުރުން ސްޓޭންޑާޑް ވިއުއެވެ.

● އެޕާޓްމަންޓްތަކުގެ ބޮޑުމިނަކީ 883 އާއި 1،395.64 އަކަފޫޓާ ދެމެދު

● އިންސްޓޯލްމަންޓް އުސޫލުން 20-25 އަހަރުން ފައިސާ ދެއްކޭނެ

● ޕްރޮޖެކްޓް ނިންމައި ތަން ހަވާލުކުރުމާ ހަމައަށް އިންސްޓޯލްމަންޓަށް ބަހާލައިގެން ޑައުންޕޭމަންޓް ދެއްކޭނެ

● އާބަންކޯއަށް އަށް 20-25 އަހަރު ތެރޭ ފައިސާ ދައްކާ ގޮތަށް އަދި ބޭންކުން ލޯނު ނަގައިގެން ވެސް ގަނެވޭނެ

ވިނަރެސް ފްލެޓުތަކަށް ދިގު މުއްދަތަކަށް ބަހާލައިގެން ފައިސާ ދައްކާ މީހުންނަށް އިންޓްރެސްޓް ރޭޓް ނުވަ ޕަސެންޓުން ހަ ޕަސެންޓަށް މި ހަފްތާގައި ކުޑަކުރުމުން، 25 އަހަރުގެ ތެރޭގައި ފައިސާ ދައްކާ ޚަލާސްކުރާ ގޮތަށް ފްލެޓް ގަންނަ މީހުންނަށް ގާތްގަނޑަކަށް 1.2 މިލިއަން ރުފިޔާ ވަރު ކުޑަވާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Social Media Auto Publish Powered By : XYZScripts.com