މުދަލު ޒަކާތުގެ ގޮތުގައި 70 މިލިއަން ރުފިޔާ ލިބިއްޖެ


މުދަލު ޒަކާތުގެ ގޮތުގައި މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 70 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދު ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު މި އަހަރު މަދުވެފައެވެ.
އެގޮތުން މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތު ތެރޭގައި 73 މިލިއަން ރުފިޔާ މީރާއަށް ވަނީ ލިބިފައެވެ.
އަދި މީގެ އިތުރުން މި އަހަރުގެ އޮގަސްޓު މަހު 8.5 މިލިއަން ރުފިޔާ މުދަލު ޒަކާތުގެ ގޮތުގައި ލިބިފައި ވާއިރު ސެޕްޓެމްބަރު މަހު ލިބިފައި ވަނީ 2.8 މިލިއަން ރުފިޔާއެވެ.
މުދަލު ޒަކާތް ވާޖިބުވާ ނިޞާބު ކަނޑައަޅަނީ އިސްލާމިކް މިނިސްޓްރީންނެވެ. މި ވަގުތު މުދަލު ޒަކާތް ވާޖިބުވާ ނިޞާބުގެ އަދަދަކީ 7،151.90 ރުފިޔާ އެވެ.
