ހައިކޯޓުގެ އިސް ފަނޑިޔާރުގެ މަޤާމަށް ޝަހީދު

Spread the love

ހައިކޯޓުގެ އިސް ފަނޑިޔާރުކަމަށް އެ ކޯޓުގެ ފަނޑިޔާރު ޙުސައިން ޝަހީދު މިއަދު އައްޔަން ކުރައްވައިފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ) އިން މިއަދު ބޭއްވެޓި ރަސްމިއްޔާތެއްގައި ހައިކޯޓުގެ އިސް ފަނޑިޔާރުކަމަށް އެ ކޯޓުގެ ފަނޑިޔާރު ޝަހީދު އައްޔަންކުރެއްވުމުގެ އިތުރުން ސިވިލް ކޯޓުގެ އިސް ޤާޒީ ކަމަށް އެ ކޯޓުގެ ގާޒީ މަރްޔަމް ވަޙީދު ވަނީ އައްޔަން ކުރައްވައިފައެވެ.

ހައިކޯޓުގެ އިސް ފަނޑިޔާރުކަމަށް ޝަހީދު ހަމަޖެއްސުމަށާއި ސިވިލް ކޯޓުގެ އިސް ގާޒީ ކަމަށް މަރްޔަމް ވަޙީދު ހަމަޖެއްސުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމީ މި މަހުގެ 25 ގައެވެ.

ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން މާސްޓަރސް އޮފް ޖުޑީޝަލް ސައިންސް އެންޑް ޝަރީޢާ ޕޮލިސީ އަދި ބެޗެލަރސް ޑިގްރީ އިން ޝަރިޢާ އެންޑް ލޯ ހައްދަވާފައިވާ ޝަހީދު ފަނޑިޔާރުކަމުގެ ހުވާކުރެއްވީ 2014 ނޮވެމްބަރު 26 ވަނަ ދުވަހުއެވެ. ޝަހީދު ވަނީ ސ.ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި ނ.ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި ކްރިމިނަލް ކޯޓުގެ ގާޒީކަން ކުރައްވާފައެވެ.

އޭނާ ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެވިފައިވަނީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހުއެވެ.

2016 އޭޕްރީލް 13 ގައި ސިވިލް ކޯޓުގެ ގާޒީކަމަށް އައްޔަންކުރެއްވި މަރްޔަމް ވަޙީދު އަކީ ވިލާ ކޮލެޖްއިން މާސްޓަރސް އޮފް ޝަރީޢާ އަދި މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަންއިން ބެޗެލަރސް އޮފް ލޯސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

Social Media Auto Publish Powered By : XYZScripts.com