ވިނަރެސް ފްލެޓު ވިއްކުން މެދުކަނޑާލައިފި

Spread the love

ވިނަރެސް ޔުނިޓުތަކުން ނުވިކި ހުރި ފްލެޓްތައް ގަތުމަށް ހުޅުވާލުމުން ދިމާވި މައްސަލަތާކާ ގުޅިގެން ގިނަ ޝަކުވާތަކެއް ލިބިފައިވާތީ، އެ ޔުނިޓުތައް ވިއްކުން މެދުކަނޑާލައިފި ކަމަށް އާބަންކޯއިން ބުނެފިއެވެ.

މިކަން ހާމަ ކުރައްވާ އާބަންކޯއިން ވަނީ ބަޔާނެއް ނެރެފައެވެ.

އެ ބަޔާނުގައި އާބަންކޯއިން ބުނެފައިވަނީ، އެ ޝަކުވާތަކާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރިކަމަށް ފާހަގަކުރެވޭތީ އެޕާޓުމަންޓް ގަތުމަށް އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ މަރުހަލާ މިހާރު މަޑުޖައްސާލަން ނިންމާފައިވާ ކަމަށެވެ.

އަދި އެ މައްސަލަތައް ހައްލުކުރުމަށް ފަހު ވިނަރެސް މަޝްރޫއުއިން އެޕާޓުމަންޓު ގަތުމަށް ފުރުސަތު ހުޅުވާލާނެކަމަށާއި އަދި ތާރީހެއްްވެސް އިއުލާން ކުރާނެ ވާހަކަވެސް އެ ބަޔާނުގައި ބުނެފައިވެެއެވެ.

ވިނަރެސް ފްލެޓްތަކުން އިން ނުވިކި ހުރި ފްލެޓުތައް ވިއްކަން ހުޅުވާލީ މިއަދު ހެނދުނު 10:00 އިން 15:00 އަށެވެ. މީގެއިތުރުން އެ ފްލެޓުތައް ވިކި ހުސްވަންދެން ކޮންމެ ދުވަހަކުވެސް އެ ގަޑިތަކުގައި އޮންލައިންކޮށް ފޯމު ހުށަހެޅޭ ގޮތަށް ހުޅުވާލަން އާބަންކޯއިން އޮތީ ނިންމާފައެވެ.

ނަމަވެސް، މިއަދު އެ ފުރުސަތު ހުޅުވާލިތާ މާ ގިނައިރުތަކެއް ނުވެ ހުރިހާ ޔުނިޓުތަކެއް ވަނީ ވިކި ހުސްވެފަ އެވެ. އަދި، ޕޯޓަލަށް ވަދެވޭގޮތް ނުވެގެން ގިނަ ބަޔަކަށް ފޯމު ހުށަހެޅޭގޮތް ނުވިއެވެ.

މިކަމާގުޅިގެން އާންމުން ވަނީ އެ ޔުނިޓުތައް ވިއްކި ހުސްވިލެއް އަވަސް ކަމަށް ބުނެ، ގިނަ ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Social Media Auto Publish Powered By : XYZScripts.com