ފިލިޕީންސް މީހުން ތިބީ އަނބިން ވަރިކުރެވޭނެ ގޮތެއް ނެތިފައި

Spread the love

ފިލިޕީންސަކީ، ދުނިޔޭގައި ވަރިކުރުން މަނާ ކުރާ ދެ ގައުމުގެ ތެރޭން އެއް ގައުމެވެ. ފިލިޕީންސް ފިޔަވައި ވަރިކުރުން މަނާ ކުރާ އަނެއް ގައުމަކީ، ވެޓިކަން އެވެ. ފިލިޕީންސްގައި ނަސާރާ ފައްޅީގެ ނުފޫޒާއެކު ވަރިކުރުން މަނާ ކުރުމަށް ސަރުކާރުން އަޅާ ކޮންމެ ކަމެއްވެސް ހުއްޓާލަން މަޖުބޫރު ވެއެވެ.

ފިލިޕީންސްގެ ކުރީގެ ރައީސް ރޮޑްރިގޯ ޑުޓަރޓްގެ ކައިވެނިވެސް ރުޅާލަން ޖެހުނެވެ. ނަމަވެސް ވަރި ކުރުން ހުއްދަ ކޮށް ގާނޫނެއް ފާސް ކުރުމަކީ އޭނާވެސް ދެކޮޅު ހަދާ ކަމަކެވެ.

ކައިވެންޏެއްގައި އުޅުމަށްފަހު އެ ކައިވެންޏަކުން ފިލިޕީންސްގެ ރައްޔިތަކަށް ބޭރު ވެވޭނީ، އެއީ ވުޖޫދަށް އައިއިރު ވެސް ބާޠިލު ކައިވެންޏެއް ކަމަށް ސާބިތުކޮށް ދެވިއްޖެނަމައެވެ.

އަންހެނުންނާއި އަންހެނުންގެ ހައްގަށް މަސައްކަތް ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ވަރި ކުރުމަށް ގާނޫނު މަނާ ކުރުމުގެ ސަބަބުން އަންހެނުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހި ހައްގުތައް ގެއްލިފައި ވެއެވެ.

ފިލިޕީންސްގެ ސަރުކާރުން ވަނީ މިއަހަރުގެ މާޗު މަހު ވަރިކުރުން މަނާކޮށް ބިލެއް ފާސްކޮށްފައެވެ. ނަމަވެސް ޕާލަމެންޓް، ކޮންގްރެސްގެ މަތިގެ، ސެނެޓްގައި އެ ބިލް އަދިވެސް ވަނީ ތާށިވެފައެވެ.

ދީނީ ޚިޔާލުގެ މީހުންނާއި ކޮންޒަރވެޓިވް ޚިޔާލުގެ މީހުން ދަނީ އެ ބިލަށް ހުރަސްއަޅަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

Social Media Auto Publish Powered By : XYZScripts.com